ކިހާވަށް އޯޕަން ޤުރުއާން މުބާރާތުގެ އެއްވަނަ ސާމީ ހޯދައިފި

ކިހަވައް އޯޕަން ގުރުއާން މުބާރާތުން އެއްވަނަ ހޯދި ސާމީއަށް އިނާމު ހަވާލުކޮށްދެނީ- ފޮޓޯ / އަނަންތަރާ
ކިހަވައް އޯޕަން ގުރުއާން މުބާރާތުން އެއްވަނަ ހޯދި ސާމީއަށް އިނާމު ހަވާލުކޮށްދެނީ- ފޮޓޯ / އަނަންތަރާ

ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހާވަށް ވިލާސް ރިސޯޓްގައި ބޭއްވި ކިހަވައް އޯޕަން ޤުރުއާން މުބާރާތްގެ އެއްވަނަ ކެންދޫ އަޙްމަދު ސާމީ ހޯދައިފި އެވެ․

އަނަންތަރާ ރިސޯޓްގައި އެންމެގިނަ މުވައްޒަފުން މަސައްކަތް ކުރާ ކެންދުއާއި ކުޑަރިކިލަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުން ސާމީ އެއްވަނަ ހޯދުމާ ގުޅިގެން އޭނާއަށްވަނީ އެ ރިސޯޓުން ބެންގްކޮކް ދަތުރުރެއްގެ އިތުރުން 500 ޑޮލަރު ދީފަ އެވެ․

ސާމީ އަށް އިނާމް ޙަވާލުކޮށްދެއްވީ ޓީވީއެމުން ބާއްވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީ ޤުރުއާން މުބާރާތުގެ ފުރަތަމަ އަހަރުގެ ރަނަރަޕް ޝަމީމް ފައިސަލް އަޙްމަދެވެ.

މުބާރާތުގެ ދެވަނަ އަދި ތިންވަނަ އަށްވެސް ވަނީ އަގުހުރި އިނާމްތަކެއް ދީފައެވެ. މުބާރާތުން ދެވަނަ ކުޑަރިކިލު ޢަލީ ޝަހީދު ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ކެންދޫ ނާފިޒާ އަބްދުއް ރަހީމްއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިމުބާރާތް ކުރިޔަށް ގެންދިޔައީ، ޤުރުއާން ކިޔެވުމާއި ދީނީ ސުވާލުތައް ހިމެނޭގޮތަށެވެ.

Ananthara-quran

މުބާރާތުން އެއްވަނަ ހޯދި މުޙައްމަދު ސާމީ ބުނީ ރިސޯޓަކުން މިފަދަ މުބާރާތެއް އިންތިޒާމްކޮށްގެން ބޭއްވުމަކީ އެހެން ރިސޯޓްތަކުންވެސް އަނަންތަރާ ކިހާވަށް ރިސޯޓް ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ․

އަނަންތަރާ އިން މި މުބާރާތް ބޭއްވި މިއީ 4 ވަނަ އަހަރެވެ․ އެގޮތުން ވޭތުވެދިޔަ އަހަރު ތަކުގައި މި މުބާރާތް ބާއްވާފައިވަނީ އެ ރިސޯޓްގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް އެކަނި ބައިވެރިވެވޭގޮތަށެވެ.

ނަމަވެސް މުބާރާތް ބާއްވާ އުޞޫލަށް މިއަހަރު ބަދަލެއް ގެނެސް މުވައްޒަފުން މުބާރާތުގައި ވާދަކުރުމުގެ ބަދަލުގައި މުވައްޒަފުންގެ ޢާއިލާތަކުގެ މެންބަރުން ހިމެނޭ، އަތޮޅުގެ ރަށްރަށުގެ ޢާންމުންނަށް މުބާރާތްވަނީ ހާއްސަކޮށްފަ އެވެ.

އަނަންތަރާއިން ބުނިގޮތުގައި މިއަހަރުން ފެށިގެން މުބާރާތް ކުރިއަށްގެންދަން ރާވާފައިވަނީ އަހަރަކު އަތޮޅުގެ 2 ރަށެއްގެ މީހުންނަށް ފުރުޞަތު ދޭ ގޮތަށެވެ․ އެގޮތުން މިފަހަރު އަނަންތަރާ ކިހާވަށް ރިސޯޓްގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނީ، އެރިސޯޓްގެ އެންމެ ގިނަ މުވައްޒަފުން ނިސްބަތްވާ 2 ރަށްކަމަށްވާ، ކެންދުއާއި ކުޑަރިކިއްޔަށެވެ.

މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނީ ޖުމަލް 10 މީހުންނަށެވެ. އެއީ ކޮންމެ ރަށަކަށް 5 ފުރުޞަތު ލިބޭގޮތަށެވެ. ރަށްރަށުން މީހުން ކަނޑައެޅުމުގެ ފުރުޞަތު ދިނީ އޮޑިޝަނެއް ބާއްވައިގެން ބައިވެރިން ހޮވާގޮތަށް އެރަށްރަށަށެވެ.

އެ ރިސޯޓްގެ ހިއުމަން ރިސޯސަސް ކޯޑިނޭޓަރ އިސްމާޢީލް ޝަހީމް ވިދާޅުވި ގޮތުގައި، އެރިސޯޓުން މަސައްކަތްކުރަނީ މި މުބާރާތް ވީހާވެސް ފުޅާކުރުމަށެވެ․ އެގޮތުން އަންނަ އަހަރު މި މުބާރާތުން ފުރުޞަތުދިނުމަށް ހަމަޖެހިފައިވަނީ ކަމަދޫ އަދި ކިހާދުއަށެވެ․

އަނަންތަރާ ކިހަވައް ވިލާސް އަކީ އެ ރިސޯޓުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކި ޙަރަކާތްތައް ހިންގަމުން އަންނަ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.