ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަލުން ޑިޒައިން ކުރުމަށް ފުރުސަތު ހުޅުވާލައިފިއެެވެ.
މި ފުރުސަތު ހުޅުވާލައިފައިވަނީ ހަމައެކަނި އެ ސްކޫލް ދަރިވަރުންނަށް އެކަންޏެވެ.
ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލް އެކްޓިވިޓީ ޔުނީފޯމުގައި ހިމެނޭނީ އަތްކުރު / އަތްދިގު ޓީޝާޓް އާއި ސޯޓް / ޓްރެކްޝޫޓްއެވެ.
ޔުނީފޯމުގައި ބޭނުން ކުރަންޖެހޭނީ އެ ސްކޫލްގެ ރަސްމީ ކުލަތައް ކަމަށްވާ ވިލު ނޫ، ފެހި އަދި ހުދު ކުލައެވެ.
ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން ސްކޫލުން ފާސްކުރާ ޑިޒައިން ހުށަހަޅާ ދަރިވަރަކަށް ހަނދާނީ ފިލަޔެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށެވެ.
ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު ބޭނުން ކުރާ އެކްޓިވިޓީ ޔުނީފޯމަކީ މިގެ 5 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ ޔުނީފޯމެކެވެ. މި ޔުނީފޯމުގެ ޑިޒައިނަށް މިދިޔައަހަރުވެސް ކޮންމެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.
you are good