ފޭލި ގުރުއާން މުބާރާތް ފަށައިފި

ފޭލި ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ
ފޭލި ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ގުޅުވައިގެން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް މިރޭ ފަށައިފި އެވެ.

ފޭލިން ބުނިގޮތުގައި ރަމަޟާންމަހާ ގުޅުވައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީ، އެ މައްސަރުގެ ބަރަކާތްތެރިކަން އަޅުގަނޑުމެންގެ ޅަދަރިންނަށް އަންގައިދީ، އެކުދިން ކީރިތި ޤުރްއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އުފެއްދުމަކީވެސް މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމަށް ފޭލިން ބުނެއެވެ.

މި އަހަރުގެ ފޭލި ގުރުއާން މުބާރާތުގައި 390 ކުދިންނާއި މީހުން ބައިވެރިވެފައި ވެ އެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންގެންދާ މި މުބާރާތް ނިމޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މިއީ އެ ޖަމިއްޔާއިން މެދު ނުކެނޑި މި މުބާރާތް ބާއްވާ 14 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.