ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމައިންގެ ހާލު ސީރިއަސް !

މިރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު އަތޮޅު ހޮސްޕިޓަލަށް މީހުން ޖަމާވެފައި-- އީޓީ ފޮޓޯ / ރާއިފް
މިރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު އަތޮޅު ހޮސްޕިޓަލަށް މީހުން ޖަމާވެފައި– އީޓީ ފޮޓޯ / ރާއިފް

ބ. އޭދަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކާއި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މި އެކްސިޑެންޓްގައި އަނިޔާ ލިބުނީ މިރަށު އަތިރީގެ ޒުލައިޚާ މުހައްމަދު އާއި އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 10:30 ހާއިރު އޭދަފުށީ ހިއްކި ބިމުގެ އިރު ދެކުނު ސަރައްހައްދުގައި އެ ދެމައިން ގިނގާލަން ނުކުމެ އުޅެނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް އެދެމައިން ގައިގައި ޖެހިގެންނެވެ. އެ ސަރަހައްދުގައި އެއްވެސް އަލިކަމެއް ނުހުރެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެކްސިޑެންޓަގައި އަނިޔާލިބުނު ދެމައިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ކުޑަކުއްޖާގެ ހާލު ސީރިއަށް ކަމަށެވެ. މި އެކްސިޑެންޓް ހިނގިއިރު ސައިކަލުގައި ތިބި ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން ދަނީ ފަރުވާ ދެމުންނެވެ.

ސީރިއަށް އަނިޔާ ލިބުނު ދެމައިންނަށް އިތުރު ފަރުވާ ދިނުމަށް ރޭ ދަންވަރު މާލެ ފޮނުވާލަނީ-- ފޮޓޯ ރާއިފް
ސީރިއަށް އަނިޔާ ލިބުނު ދެމައިންނަށް އިތުރު ފަރުވާ ދިނުމަށް ރޭ ދަންވަރު މާލެ ފޮނުވާލަނީ– ފޮޓޯ ރާއިފް

“ސައިކަލުން ޖެހުމުގެ ސަބަބުން އެ ދެމައިން ވަރަށް ދުރައް ވިއްސައިގެންދިޔަ ކަމަށްވަނީ، ބޭސް އެޅުމުގެ ކަންތައްތައް މިހާރު ކުރިއަށްދަނީ،” އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ދެމައިންނަށް އިތުރުފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.