ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ބ. އޭދަފުށިން ބައިލައްކައެއްހާ ރުފިޔާ ލިބިފައިވާ ކަމަށާއި މިއަދު އެ ފައިސާ ބަހަން ފަށާނެ ކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ، މި ރޯދަ މަހު 2918 މީހުން އޭދަފުށީ ކައުންސިލަށް ފިތުރު ޒަކާތް ދައްކާފައިވާއިރު ޒަކާތުގެ ގޮތުގައި 51،101ރ ލިބިފައިވާ ކަމަށެވެ.
ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މިއަދު ފިތުރު ޒަކާތް ބަހާނެ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ. ފަގީރުންގެ ގޮތުގައި މިރަށުން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު ކައުންސިލުން އަދިވަނީ ސާފުވާގޮތް ނުވެފަ އެވެ.
ނަމަވެސް “އީޓީ” އަށް އެނގިފައިވާ ގޮތުގައި ފަގީރުންގެ ގޮތުގައި މިރަށުން ރަޖިސްޓްރީ ކުރީ 31 މީހުންނެވެ.