އެކްސިޑެންޓްގައި އަނިޔާވި ދެމައިންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން

ރޭ ހިނގި އެކްސިޑެންތަގަިއ އަނިޔާލިބުނު ދެމައިން މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަނީ-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ރޭ ހިނގި އެކްސިޑެންތަގަިއ އަނިޔާލިބުނު ދެމައިން މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ރޭ އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމައިންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ ރޭ 10:30 އެހާކަންހާއިރު އޭދަފުށީ ހިއްކި ބިމުން ދެ މައިން ހިނގާފައި ދަނިކޮށް، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލަކުން ދެ މައިން ގައިގައި ޖެހިގެންނެވެ. ސައިކަލުން ޖެހުމުގެ ސަބަނުން ދެމައިންވެސް ވަރަށް ދުރަށް ވިއްސައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން ރޭ ދަންވަރު ވަނީ އެމަޖެންސީގައި އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމައިންނަށް ވެސް ބޭރުފުށުން ޒަހަމްތަކެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އިތުރަށް ޗެކް ކުރަން ޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

“ސީޓީ ސްކޭން ވެސް ހަދައިފި. ދެ ޕޭޝަންޓުން ވެސް ސްޓޭބަލް. އެކަމަކު ބައެއް އިންވެސްޓިގޭޝަންސް ހުރީމާ އަދި ބައިތިއްބާފައި ތިބީ،” އޮފިޝަލް ވިދާޅުވި އެވެ.

ސީރިއަށް އަނިޔާ ލިބުނު ދެމައިންނަށް އިތުރު ފަރުވާ ދިނުމަށް ރޭ ދަންވަރު މާލެ ފޮނުވާލަނީ-- ފޮޓޯ ރާއިފް
ސީރިއަށް އަނިޔާ ލިބުނު ދެމައިންނަށް އިތުރު ފަރުވާ ދިނުމަށް ރޭ ދަންވަރު މާލެ ފޮނުވާލަނީ– ފޮޓޯ ރާއިފް

މި އެކްސިޑެންޓްގެ ސަބަބުން 12 އަހަރުގެ ކުއްޖާގެެ ކަންފަތުން ލޭ އައިސް ބޯ ފަޅައިގެން ދިއުމާއި މިނޫނަސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެކްސިޑެންޓުގެ ސަބަބުން ކުއްޖާގެ މަންމަގެ އަނގަމަތިން ފެށިގެން ލޮލާ ދެމެދުގައިވެސް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.

އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ޒުވާނުންނަށްވެސް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ. އެގޮތުން ސައިކަލު ދުއްވަން އިން މީހާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ސައިކަލު ފަހަތުގައި އިން މީހާ އަށް ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.