ދިރާގުން ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

ދިރާގު މުވައްޒަފުން މިއަދު ހަވީރު އޭދަފުށީގައި އީދު ހަދިޔާ ބަހަނީ.--ފޮޓޯ: ދިރާގު
ދިރާގު މުވައްޒަފުން މިއަދު ހަވީރު އޭދަފުށީގައި އީދު ހަދިޔާ ބަހަނީ.–ފޮޓޯ: ދިރާގު

ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އީދު ހަދިޔާ ބަހައިފި އެވެ.

މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި މާލޭގެ ފަސް ސަރަހައްދެއްގެ އިތުރުން ދިރާގުގެ ރީޖަނަލް ސެންޓަރުތައް ގާއިމްކޮށްފައިވާ އަށް އަތޮޅެއްގައި މިއަދު ކުޑަކުދިންނަށް ހަދިޔާ މިއަދުވަނީ ބަހައިފަ އެވެ.

މާލޭގެ އިސްލާމީ މަރުކަޒާއި ފުރުގާން މިސްކިތާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗުގައި އީދު ހަދިޔާ ބެހި އެވެ. މީގެ އިތުރުން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވެސް ކުޑަކުދިންނަށް ހަދިޔާ ބެހި އެވެ. މިއަދު ހަވީރު ވެސް އެ ތަންތަނުގައި އީދު ހަދިޔާ ވަނީ ބަހައިފަ އެވެ.

އޭދަފުށީގައި ދިރާގުން އީދު ހަދިޔާ ބަހާފައިވަނީ މިއަދު ހަވީރު މީހުން އާއްމުކޮށް އެއްވެ އުޅޭ ސަރަހައްދު ތަކުގަ އެވެ.

13585062_1160320727353289_2353311881008413035_o

އޭދަފުށީގެ އިތުރުން، އައްޑޫގައި ވެސް ދިރާގުން ވަނީ އީދު ނަމާދަށް ފަހު ހަދިޔާ ބަހާފަ އެވެ. އައްޑޫގެ ފަސް ޕްރީސްކޫލެއް ހިމެނޭ ސަރަހައްދުގައި ހަދިޔާ ބަހާފައި ވާއިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައިއެމްޑީސީގައި ތިބި ކުދިންނަށް ވެސް ދިރާގުން ހަދިޔާ ބެހި އެވެ.

“ދިރާގަކީ މުޅި ރާއްޖެ ތަމްސީލުކުރާ ކުންފުންޏަކަށް ވެފައި، ފިތުރު އީދުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނައިރު، މިއީ ރައްޔިތުންނާ ބައިވެރިވެ ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތެއް،” އިމްޖާދު ވިދާޅުވި އެވެ.

ދިރާގު މުވައްޒަފުން މިއަދު ހަވީރު އޭދަފުށީގައި އީދު ހަދިޔާ ބަހަނީ.--ފޮޓޯ: ދިރާގު
ދިރާގު މުވައްޒަފުން މިއަދު ހަވީރު އޭދަފުށީގައި އީދު ހަދިޔާ ބަހަނީ.–ފޮޓޯ: ދިރާގު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.