ފޭލި ޤުރުއާން މުބާރާތުން އެއްވަނަ ނައުޝީން އާއި އައުޝަމް އަށް

ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޔުމްނާ އަށް އިނާމުވާލުކޮށްދެނީ—
ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޔުމްނާ އަށް އިނާމުވާލުކޮށްދެނީ—

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ އިރުދޭމާގޭ، މަރިޔަމް ނައުޝީން ޝަމީމް އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ކަނދުމާގޭ، ހުސައިން އައުޝަމް ސައީދު ހޯދައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ފޭލި ޖަމިއްޔާއިން ބޭއްވި 14 ވަނަ ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ސަބްދެލިގޭ، ފާތުމަތު ޔުމްނާ ޢާތިފް ދެވަނަ ހޯދިއިރު ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހޯދީ އަލިތަރި، އިޔާން އަލީ ވަހީދު އެވެ.

ހިތުން ކިޔެވުމުގެ ގޮފިން ތިންވަނަ ލިބުނީ އަނޯނާގޭ، ނުއުމާ މުހައްމަދު އަށެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިން ތިންވަނަ ލިބުނީ ދޮންދުބުރިގޭ، ހިޝްމާ ޚާލިދުއަށެވެ.

DSC_2065

މުޅި މުބާރާތުން އެއްވަނަ ލިބުނު ނައުޝީން އާއި އައުޝަމް އަށް އަމިއްލަ ފަރާތަކުން ހުށަހެޅި 5،000ރ ގެ ފައިސާގެ އިނާމުގެ އިތުރުން ފޭލި ޖަމިއްޔާއިން ވަނީ 8000 ރުފިޔާގެ ތަކެތީގެ އިނާމުވެސް ދީފަ އެވެ.

މީގެ އިތުރުން އެކި އުމުރުފުރާތަކުންވެސް ދެ ގޮފިން އެންމެ މޮޅު ތިން ބައިވެރިން ހޮވާ އިނާމު ދިނެވެ. އަދި މުބާރާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށްވެސް ހަނދާނީ އިނާމެއްދިނެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ ބ. އަތޮޅަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ކުރީގެ އަތޮޅުވެރިޔާ އަދި ފޭލި ޖަމިއްޔާ ފައުންޑާ މެންބަރު އަބްދުއްރައްޒާގު މުހައްމަދު އެވެ.

DSC_2102

ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަންނަ އަހަރު މުބާރާތުގެ ގަވައިދަށް ބަދަލު ގެންނަން ވިސްނާފައިވާ ކަމަށެވެ.

ޖުލައި 4 އިން 6 ވަނަ ދުވަހުގެ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 350 އަށްވުރެ ގިނަ ބައިވެރިން ވާދަ ކުރި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. mohamed

    mifadha guran mubaaraaithakuge 1 vana dhevana thinvana ah dhaa faraaithakah faisaage inaamu dhey kamahvaanama ekasheegenvaa faisaa ge inaameh dhinun nuhinmu. faisaa ge inaamuge gothuga 50 rufiyaa dhinumakee ladhuvethikameh . raahjeyge eki kankolguthakuga baavaa mifadha mubaaraithah kuriah gendhaa febvaru feyli jamuhyaa in musthagubaluga hoadha balaa dhiraasaa kyran feney. Adhi mubaaraathuge kankan mihaarah vure rangalgu juranjehey. libey sponsor ge beynun rangalhu gothuga beynunkureven jehey

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.