ރަންނާ އެވޯޑް ދިނުން އަންނަމަހުގެ 18ވަނަ ދުވަހުގެ ރޭ

Untitled-2

ބ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް” ދިނުމުގެ ހަފްލާ އަންނަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

މި އެވޯޑް ހަފްލާ ކުރިން ބާއްވަން ނިންމާފައިވަނީ މިމަހު 28 ވަނަ ދުވަހުގެ ރެ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި ރަންނާ އެވޯޑް ދިނުމުގެ ހަފްލާ ފަސްކުރީ ޖުލައި 28 އަކީ ސަރުކާރު ބަންދު ދުވަހަކަށް ހަމަޖެހިދާނެ ކަމަށް ބެލެވޭތީ އާއި އަދި މިހާރު ސަރުކާރުގެ މަގާމުތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅިގެންނާއި މި ހަފްލާއަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ޝަރަފްވެރިންނަށް ބޮޑު ބަދަލުތަކެއް އައުމުގެ ސަބަބުންނެވެ.

“އަދި ޚާއްޞަކޮށް ޝަރަފްވެރި މެޙްމާނަކަށް ހަމަޖައްސާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު ޖިހާދު ކަމަށް ވުމާއި އެކު އެމަނިކުފާނު މިހާރު ދިވެހިރާއްޖޭގެ ނާއިބް ރައީސް ކަމަށް އައްޔަންކޮށްފައިވުމުން އެމަނިކުފާނުގެ ބައިވެރިވުމާއެކު މިހަފްލާ އެ ތާރީޚަށް ބޭއްވޭނެކަމަށް ނުފެންނާތީ އެވެ.،” ކައުންސިލުން ބުންޏެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ އަލަށް ތައާރަފުކުރި “ރަންނާ” އެވޯޑަށް ރަނގަޅު ތަރުހީބެއްލިބިފަިއވާ ކަމަށާއި ފޯމުތައް އިވެލުއޭޓު ކުރުމާއި އެ ހަފްލާ ބޭއްވުމަށް ވަރަށްބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް މި އެވޯޑަށް ކުރިމަތިލީ ކިތައް މީހުންކަމެއް އަތޮޅު ކައުންސިލުން އަދި ހާމަކުރާކަށް ބޭނުމެއް ނުވިއެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ތަފާތު ހަ ދާއިރާއަކުން މި އެވޯޑު ދޭން ނިންމީ، ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޝަރަފުވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމުގެ ގޮތުންނެވެ.

އަދި ބ. އަތޮޅުގައި އިލްމީ ގޮތުން ގާބިލު ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފުވެރި ވަނަނަތައް ފާހަގަކޮށް ހިތްވަރު ދިނުންވެސް މި އެވޯޑް ދިނުމުގެ މަގުސަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެވޯޑު ތައާރަފްކުރުމަށާއި އެވޯޑް ޕާޓްނަރުންނާއެކު ސޮއިކުރުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އަތޮޅު ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެވޯޑް ދިނުމުގެ ހަފްލާ ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.