ބ. މާޅޮހު ފެން ޕްލާންޓަށް ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކައި އެރަށުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއެއް ފަށައިފި އެވެ.
މާޅޮހު ކައުންސިލުން ބުނިގޮތުގައި މި ޕްރޮޖެކްޓަކީ ޔޫއެންޑީޕީ ހިލޭ އެހީގެ ދަށުން މާރްސް ޖަމިއްޔާއަށް ލިބުނު ޕްރޮޖެކްޓެކެވެ. އެހެންވެ ފެން ޕްލާންޓްގެ ފުރާޅުމަތީގައި ސޯލާ ޕެނަލްތައް ހަރުކުރަނީ އެ ޖަމިއްޔާ އާއި ކައުންސިލު އިދާރާ ގުޅިގެންނެވެ.
އަދި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތުގައި ކައުންސިލަރުންނާއި މާރސް ޖަމިއްޔާގެ މެންބަރުންގެ އިތުރުން އެރަށު ރައްޔިތުންެސް ބައިވެރިވަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
މާޅޮހު ކައުންސިލުން ބުނީ ގާތްގަޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ނިމޭއިރު ދުވާލަކު 20 ކިލޯވޮޓްގެ ކަރަންޓް މި ޕެނަލްތަކުން އުފައްދާނެ ކަމަށެވެ.