އެންމެ ގިނަ ޑާޓާ ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖް ދިރާގުން ތައާރަފްކޮށްފި

ss

ދިރާގުން 15 ޖީބީގެ ޑާޓާއާއިއެކު ސްމާޓްޕްރިމިއަމް ޕްލަސްގެ ނަމުގައި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ، މުޅިން އާ ޕެކޭޖެއް ތަޢާރަފްކޮށްފި އެވެ.

ދިރާގުން މިއަދު އަލަށް ތަޢާރަފް ކުރި މި ޕެކޭޖުގައި 15 ޖީބީގެ ޑާޓާ ހިމެނޭއިރު، ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް 5000 ހިލޭ މިނެޓާއިއެކު ކަސްޓަމަރު ހިޔާރުކުރައްވާ ތިން ނަންބަރަކަށް ހިލޭ ގުޅާލުމަށް ޖުމްލަ 8600 މިނެޓުގެ ޓޯކްޓައިމް ލިބޭނެއެވެ.

މީގެ އިތުރުން މި ޕެކޭޖުގައި 3000 އެސްއެމްއެސް އާއި އެކު ކަސްޓަމަރު ހިޔާރު ކުރައްވާ ކޮންމެވެސް އެއް ޤައުމަކަށް %50 ޑިސްކައުންޓާއިއެކު ގުޅޭނެއެވެ.

މި ޕެކޭޖުގެ މަހުފީ އެއްގެ ގޮތުގައި 999ރ ކަނޑައަޅާފައިވާއިރު، މިއީ ދިރާގުގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ޕެކޭޖެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ދާދިފަހުންވެސް ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ އެލަވަންސްތަކާއި އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން ސްމާޓް 899، ސްމާޓް 499 އަދި ސްމާޓް 299 ގެ ނަމުގައި ވަނީ އަގުހެޔޮކޮށް، ބައެއް ޕެކޭޖްތަކަށް ބަދަލުތަކަކާއިއެކު ތައާރަފްކޮށްފައެވެ.

އަގުތަކަށް ގެނެވުނު ބަދަލާއި، އަލަށް ތައާރަފް ކުރެވުނު މި ޕެކޭޖާއިއެކު، ރާއްޖޭގައި ލިބެން ހުރި އެންމެ އަގުހުރި ޕޯސްޓްޕެއިޑް ޕެކޭޖްތައް މިހާރު ލިބިގެންދާނީ ދިރާގުން ކަމަށް އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލް ވިދާޅުވިއެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު އަގުތަކަށް ގެނެވުނު ބަދަލާއި، އަލަށް ތައާރަފް ކުރެވުނު މި ޕެކޭޖާއިއެކު، ރާއްޖޭގައި ލިބެން ހުރި އެންމެ އަގުހުރި ޕޯސްޓްޕެއިޑް ޕެކޭޖްތައް މިހާރު ލިބިގެންދާނީ ދިރާގުން ކަމަށެވެ.

“ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އާ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމާއިއެކު މިހާރު ދެމުންގެންދާ ހިދުމަތްތަކަކީ ވެސް ކަސްޓަމަރުންނަށް ކަމުދާނެ، އަގުހުރި ހިދުމަތްތަކެއްކަމުގައި ހެދުމަށް، އެގޮތުން މިއަދު މި ތައާރަފް ކުރެވިގެން ދިޔަ ޕެކޭޖާއިއެކު ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަނަ،” އިމްޖާދު ވިދާޅުވި އެވެ.

މި ޕެކޭޖާއިއެކު ތަފާތު ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިގެން ޕޯސްޓްޕެއިޑްގެ ތަފާތު ހަ ޕެކޭޖެއް މިހާރު ކަސްޓަމަރުންނަށް ލިބޭނެކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

މި ޕެކޭޖުތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.