ކެންދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް ޖުލައި 22 ގައި

ކެންދޫ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ފުތްބޯލަ މުބާރާތުގެ ޗެމްޕިއަން ޓީމް
ކެންދޫ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ފުތްބޯލަ މުބާރާތުގެ ޗެމްޕިއަން ޓީމް

ބ. ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތް ޖުލައި 22 ގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

5 ޓީމު ވާދަކުރާ މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ ވެންގާޑް އާއި ރަނާއަޕް ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ޑީއެސްއާރުސީ) އެވެ. މި ދެ ޓީމާއެކު ގްރޫޕް އޭ ގައި ދެން ހިމެނެނީ ވިނާސް ބޯއީސް އެވެ.
ގްރޫޕް ބީ ގައި ހިމެނެނީ ގްލޯރިއަށް ވިކްޓްރީ އާއި ނިއު ސްޓާ އެފްސީ އެވެ.

13662035_1143477345709260_6581856543361442247_o

މުބަރާތުގެ ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ ޖުލައި 27 އަދި 28 ގައެވެ. ފައިނަލް މެޗު އޮންނާނީ ޖުލައި 30 ވަނަ ދުވަހު ހަވީރެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކެންދޫ ކައުންސިލުން މިއަހަރު 15،000ރ. ހުށަހަޅާފައިވާއިރު، ރަނާ އަޕް ޓިމަށް 6000ރ. ވަނީ ހުށަހަޅައިފަ އެވެ.

މިއީ ޒުވާނުންނަށް ހާއްސަ ކޮށްގެން ކެންދޫ ކައުންސިލުން ބާއްވާ ދެވަނަ ފުޓްބޯޅަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.