އަމިއްލަ ފަރާތްތަކުން ވަގުތީ ނަތީޖާތައް އާއްމު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި

12:45 : ހޮނިހިރު ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް އަމިއްލަ ފަރާތްތަކުން އިއުލާން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އެދެފި އެވެ.

މިއަދު ހެދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ އޮފިޝަލުން ވިދާޅުވީ އެ ކަމިޝަނުން އިންތިޚާބުގެ ނަތީޖާތައް ލާފައި ވަނީ، ކޮމިޝަންގެ މައި ވެބްސައިޓާ ލިންކު ކުރެވިފައިވާ ވަކި ވެބްސައިޓެއްގައި ކަމަށާއި އެ ވެބްސައިޓް ހެކް ނުކުރެވޭ ކަމަށާއި އެ ވެބްސައިޓްގައި އެހެން ކަމުން ހުންނާނީ ސައްހަ މައުލޫމާތު ކަމަށެވެ.

އީޓީގައި މިހާރު ފެންނަން ހުރި ވަގުތީ ނަތީޖާ އަކީ، އޭދަފުށި ދާއިރާ އަށް މާލޭގައި ބެހެއްޓި ވޯޓު ފޮށި އެފް 02.0.1 އާއި ބ. އަތޮޅުގެ ބައެއް ރިސޯޓުތަކާއި އަދި ބ. އަތޮޅުން ބޭރު ރަށްރަށުގައި ހިމެނޭ ބ. އަތޮޅުގެ ރައްޔިތުން ބ. އަތޮޅުގެ 3 ދާއިރާ އަށް ލާފައިވާ ވޯޓުތައް ނުހިމަނާ ވަގުތީ ނަތީޖާ އެކެވެ.

އެހެންކަމުން އީޓީގެ މި ނަތީޖާ އަކީ ފަހުގެ ނަތީޖާއެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަންގެ އެދުމާ އެއްގޮތަށް، އީޓީން ވެސް އިންތިޚާބުގެ އާޚިރު ނަތީޖާ ގެނެސްދޭނީ އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރާ އެ ކޮމިޝަންގެ ނަތީޖާ އެވެ.

ނަތީޖާ ނުނެރެވި 36 ގަޑިއިރު ވެގެން ދިޔައިރު، އާޚިރު ނަތީޖާ މިއަދުގެ ވަގުތެއްގައި ނެރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިހެންވެ، އިލެކްޝަންސް ކޮމިޝަނުން އާޚިރު ނަތީޖާ އިއުލާން ކުރިހާ އަވަހަކަށް އީޓީން ވެސް އެ މައުލޫމާތު ގެނެސްދޭނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

11:30 : އިލެކްޝަންސް ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަދެ އެވެ.

ކޮމިޝަންގެ މައި ވެބްސައިޓް އިއްޔެ ހެކް ކުރިއަސް، އިންތިޚާބުގެ ނަތީޖާތައް ހުރީ ވަކި ވެބްސައިޓެއްގައި ކަމަށާއި އެ ސައިޓަށް ހެކަރުންނަށް ނުވަދެވޭ ކަމަށާއި އެ ސައިޓަށް އެއްވެސް ގެއްލުމެއް ނުދޭ ކަމަށް މެންބަރަކު ވިދާޅުވި އެވެ.

ކޮމިޝަންގެ ބޭރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ކޮމިޝަނުން ބުނީ ވަގުތީ ނަތީޖާތައް “އޮޅުން އަރާތީ” އާއްމު ފަރާތްތަކުން ހާމަ ނުކުރުމަށް އެދޭ ކަމަށާއި، މައުލޫމާތު “ވެރިފައި” ކޮށް ޔަގީން ކުރެވޭހާ އަވަހަކަށް ނަތީޖާތައް އެ ކޮމިޝަންގެ ސައިޓަށް ލަމުން ގެންދާ ކަމަށެވެ.

ކޮމިޝަނުން ބުނީ ތަފާތު އެކި ހިސާބުތަކުން އެކި ދާއިރާތަކަށް ލާފައި ހުރި ވޯޓުތައް ގުނާ ނިމުމުން، ނަތީޖާ ތަފާތު ވެދާނެ ކަމަށެވެ.

އެ ގޮތުން އީޓީން ފާހަގަ ކޮށްލަން ބޭނުން ވަނީ ރިސޯޓުތަކާއި އެހެން ރަށްތަކުގައި ތިބި ބ. އަތޮޅަށް ނިސްބަތްވާ ރައްޔިތުން، ބ. އަތޮޅުގެ ތިން ދާއިރާ އަށް ލާފައި ހުރި ވޯޓުތައް ހާމަ ކުރުމުން، އީޓީގައި މިހާރު ޝާއިއު ކޮށްފައިވާ ނަތީޖާތައް ވެސް ބަދަލު ވާނެ ކަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.