“ހާދަރު” އޯގަސްޓް 4، 5 ގައި އޭދަފުށީގައި އަޅުވަނީ

ހާދަރު ފިލްމުގެ މަންޒަރެއް
ހާދަރު ފިލްމުގެ މަންޒަރެއް

ނޮވެމްބަރު 3، 1988 ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ ގްރޫޕެއް، ދިވެހިންގެ ބަޔަކާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ދިން ޓެރެރިޒަމް ހަމަލާ އަސްލަކަށް ބަލައިގެން ދިވެހި ސަލާމަތީ ބާރު، އެމްޑީއެންޑީއެފުން އުފައްދާފައިވާ ފިލްމް “ހާދަރު” އޭދަފުށީގައިވެސް އަޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހުގެ 4 އަދި 5 ވަނަ ދުވަހު އެޅުމަށް ހަމަޖެހިފައިވާ މި ޝޯ އެޅުވުމުގައި އެންމެ އިސްކޮށް އުޅެނީ އޭދަފުށީ ޖަމުއިއްޔާއެއް ކަމުގައިވާ ކްލަބް ދަ ބިގިނާސް އެވެ. އެ ކްލަބުން އީޓީ އާ މައުލޫމާތު ދެމުން ބުނި ގޮތުގައި ޝޯ ގެ ޓިކެޓް ވަރަށް އަވަހަށް ވިއްކަން ފަށާނެކަމަށާއި މިއަދުން ފެށިގެން ޝޯގެ ޓިކެޓަށް ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފާވާކަމަށެވެ. ޓިކެޓް ނަންނޯޓް ކުރެއްވުމަށް ގުޅުއްވާނީ 7908715 މި ނަންބަރަށެވެ.

ޤައުމީ ދިފާއީބާރުން ނެރޭ ފިލްމް “ހާދަރަކީ” ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ އިސްނެންގެވުމެއްގެ މަތިން މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ.

ހާދަރަކީ” މިހާތަނަށް ނެރެވޭނެ އެންމެ ކާމިޔާބު ފިލްމް ކަމަށް “ހާދަރު”ގެ ޑައިރެކްޓަރ އަޝްހަރު ވަޙީދު ވިދާޅުވެއެވެ. ޑައިރެކްޓަރ އަޝްހަރު ވަނީ “ހާދަރު” ގައި ދިވެހިރާއްޖޭގައި ފިލްމަކަށް ހެދުނު އެންމެ ބޮޑު އެއް ސެޓް ހެދިފާވާކަން މީގެ ކުރިން ފާހަގަކޮށްފައެވެ.

މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ވިދާޅުވިގޮތުގައި “ހާދަރު” އަކީ ޤައުމީ ފިލްމެއް ކަމަށާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާގެ މުހިންމުކަން “ހާދަރު”ގެ ސަބަބުން އަމިއްލަ ނަފްސަށް ޤަބޫލުކުރެވިގެން ދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.