ގޮއިދޫން ގޯތި ދޫކުރަން ފަށަނީ

ބ. ގޮއިދޫ. އެ ރަށުން ގޯތި ދޫކުރަން އަންނަނީ ތައްޔާރުވަމުން – ފޮޓޯ / އެޓޯލް ސެއިލާސް
ބ. ގޮއިދޫ. އެ ރަށުން ގޯތި ދޫކުރަން އަންނަނީ ތައްޔާރުވަމުން – ފޮޓޯ / އެޓޯލް ސެއިލާސް

ބ. ގޮއިދޫން ގޯތި ދޫކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ގޮއިދޫ ކައުންސިލުގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ މިމަހުގެ ނިޔަލަށް، ގޯއްޗަށް އެދޭ ފޯމު ދޫކުރަން ހަމަޖެހިފައިވާ އިރު، މިއަހަރުގެ ބިމުގެ ބަޖެޓުގައި ހިމަނައިގެން އެރަށުން މިފަހަރު ގޯތި ދޫކުރާ ސަރަހައްދުން 16 ގޯތި ދޫކުރެވޭނެ ޖަގާ އޮތް ނަމަވެސް އޭގެ ތެރެއިން ދޫކުރަން ހުއްދަ ލިބިފައިވަނީ 2500 ފޫޓްގެ 14 ގޯތި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ބޮޑު ރަށަކުން މަދު އަދަދެއްގެ ގޯތި ދޫކުރާނީ އާއްމު ރައްޔިތުންގެ ފަރާތުން ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

“ރައްޔިތުންގެ ފަރާތުން ވަރަށްގިނަ ޝަކުވާތައް ލިބޭ. މިހާ ބޮޑުރަށަކަށް މަދު ގޯތި ހުއްދަ ދިނީމަ. އެހެން ނަމަވެސް ސަރުކާރުގެ މިންގަޑަށް ބަލާފަ 14 ގެވަޅުދެވެން ހުއްދަ ދީފަ މިއޮތީ، ކައުންސިލުން ރައްޔިތުންނަށް ގޯތި ދޫކުރަން ބޭނުންވި ނަމަވެސް ސަރުކާރުން އެ ހުއްދަ ނުދޭކަމަށް ވަނީނަމަ އަޅުގަނޑުމެންނަކަށް ނޯވެ ދޫކުރެވޭކަށް،”

“އަޅުގަނޑުމެން އެދުނިން ކުރިން ގޯތި ދޫކުރި ސައިޒަށް ގޯތިތައް ބޮޑުވެސް ކޮށްދޭން، އެހެން ނަމަވެސް އެކަމެއްވެސް ނުވި،”
އާމިރު ވިދާޅުވީ ގޯއްޗަށް އެދޭ ފޯމު އެރަށު ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި ގޯތި ލިބޭ މީހުންގެ ޝަރުތުތައް ވެސް އޮފީހުން ލިބޭނެ ކަމަށެވެ.
ބ. ގޮއިދޫ އަކީ އާބާދީގައި 790 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.