ފަސްމުގޫ ރޯދަ ޕްރޮމޯޝަން ޝޯ މިރޭ

sss

މޯލްޑިވިއަން އައިޑަލްގެ ތަރިންނާއެކު ފަސްމުގޫން ބާއްވާ ރޯދަ ސޭލް ޝޯ މިރޭ އޭދަފުށީ ގައި ފަށޭނެ އެވެ.

ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ މާކެޓިންގް އެންޑް ސޭލްސް އިސްމާއީލް ޝަހީމް ވިދާޅުވި ގޮތުގައި ފަސްމުގޫ ގްރޫޕުން އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަސްމުގޫ ރޯދަ ޕްރޮމޯޝަން ޝޯ ފަށާނީ މިރޭ 9:00 ގައި އޭދަފުށީ ރަސްމީ ސްޓޭޖުގަ އެވެ.

އިސްމާއިލް ވިދާޅުވީ މިއަހަރުގެ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދު މި ޝޯގައި ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އޭނާ މިވަގުތު ރާއްޖެއިން ބޭރުގައި އުޅޭނީ މިރޭގެ ޝޯގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

“ލައިޝާ ޝޯގައި ބައިވެރިވާނޭކަމާމެދު ކުރިންވެސް ޝައްކު އުފެދުނު، އެކަން ޔަގީންވީ ބޭސް ފަރުވާކުރުމަށް މިވަގުތު ބެންކޮށްގައި ހުރި ލައިޝާއަށް މިއަދު ރާއްޖެނާދެވޭނެކަން ޕީއެސްއެމުން ކަށަވަރުކޮށްދިނުމުން،”

އިސްމާއީލް ޝަހީމް ވިދާޅުވީ ލައިޝާގެ ބަދަލުގައި ޝޯގައި މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ ހައްވާ އަޝްރާ ބައިވެރިވާނޭކަމަށާ، ޝޯގެ ފޯރި އިތުރަށް ގަދަކުރުމަށް ލައިވް މިއުޒިކް ބޭންޑެއްވެސް ގެނެވޭނެ ކަމަށެވެ.

 

“އަޅުގަނޑުމެން މާކުރިންވެސް އޮންނާނީ ޕްލޭންބީއެއް ރާވާފައި. އެހެންވީމާ، އަދި އިތުރަށް ޝޯ ފުރިހަމަ ކުރުމަށް ބޭންޑަކާއެކު އަސްރާ މިހަމަޖެއްސީ. ދެން ޝަލަބީއާ، އިޝާން އެހުރީ ކޮންފޯމްވެފަ،” އިސްމާއީލް ވިދާޅުވި އެވެ.

0-02-01-399809b141a00b5d758ef30cb0019f1b3bc99bcf7af181b7963b209b4e6644c0_full

ހައްވާ އަޝްރާއަކީ މީގެ ފަސްއަހަރުކުރިން “އެހަނދާނުން” ތައާރަފްވެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާ ބޮޑަށް ވިދާލީ މިއަހަރު ދިޓީވީން ގެނައި “އެންމެރީތި” ޕްރޮޤްރާމްގައި އާދަޔާ ހިލާފު ލަވަތަކެއް ކިޔައިދީގެން ބެލުންތެރިންގެ ސަމާލުކަން ހޯދައިގެންނެވެ. ޕީއެސްއެމް އިން ބުނީ މިހަފްތާގެ “ހޯޔަންބޯ” މެހްމާނަކީވެސް އަޝްރާކަމަށެވެ.

 

އަނެއްކޮޅުން މި ޝޯ ހުށަހަޅައިދޭނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު މުހައްމަދު ވަހީދު “ވައްޑޭ” އެވެ.

އިސްމާއީލް ބުނީ ޝޯއަށް އަންނަ ލަވަކިއުންތެރިންނާ، ބޭންޑަށް މަރުހަބާ ކިއުމަށް އޭދަފުށީގެ ގިނަބަޔަކު މިއަދު މެންދުރުފަހު 3 ޖަހާއިރު ބަނދަރު ސަރަހައްދަށް ނުކުންނާނެކަމަށާ، އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި ޝޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

 

ފަސްމުގޫ ގްރޫޕުން ބުނީ މިޝޯއަކީ ފަސްމުގޫ ގްރޫޕްގެ ވިޔަފާރި ޕްރޮމޯޓް ކުރުމަށް މުޅިއަތޮޅުގެ ރައްޔިތުންނަށް ބާއްވާ ޝޯއެއް ކަމަށެވެ. މި ޝޯގައި ފަސްމުގޫ ފިހާރައިން މިއަހަރު ރޯދަމަހު ކުރިޔަށްގެންދިޔަ “އެއްލައްކަ ރުފިޔާގެ އަގުހުރި ފްރޮމޯޝަން”ގެ ގުރުއަތުލާނެ އެވެ.

ފަސްމުގޫ ރޯދަ ސޭލު ޝޯ ގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް ޢީޓީ ހަމައްސަޖައި ލިޔުން ހަވާލުކުރަނީ
ފަސްމުގޫ ރޯދަ ސޭލު ޝޯ ގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް ޢީޓީ ހަމައްސަޖައި ލިޔުން ހަވާލުކުރަނީ

 

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.