މޫސުން ގޯސްވުމުގެ ސަބަބުން ފަސްމުގޫ ރޯދަ ޕްރޮމޯޝަން ޝޯ ފަސްކޮށްފި

Final news

މޯލްޑިވިއަން އައިޑަލްގެ ތަރިންނާއެކު ފަސްމުގޫން ބާއްވަން ނިންމި ރޯދަ ޕްރޮމޯޝަން ޝޯ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ މާކެޓިންގް އެންޑް ސޭލްސް އިސްމާއީލް ޝަހީމް ވިދާޅުވި ގޮތުގައި ފަސްމުގޫ ގްރޫޕުން މިރޭ 9 ޖަހާއިރު އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ބާއްވަން ހަަމަޖެއްސި ޝޯ ފަސްކުރަން ޖެހުނީ ޝޯ ނުބޭއްވޭ ވަރަށް މޫސުން ގޯސްވުމުގެ ސަބަބުންކަމަށެެވެ. އަދި މާދަމާރޭ ޝޯ ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ގްރޫޕުން މައުލޫމާތުދެއެވެ.

އިސްމާއިލް ވިދާޅުވީ ޝޯގެ ބައިވެރިން މިއަދު 3 ޖަހާއިރު އޭދަފުއްޓަށް އަންނަން ކުރިން ހަމަޖެހިފައި އޮތްނަމަވެސް ޝޯ ފަސްކުރަން ޖެހުމާއެކު ޝޯ ގައި ޕާފޯމް ކުރާ ބައިވެރިން އައުންވެސް ފަސްކުރެވިފައިވާކަމަށެވެ. އީޓީއަށް އިތުރަށް މަޢުލޫމާތު ދެމުން އިސްމާއިލް ވިދާޅުވީ ޝޯގެ ބައިވެެރިން މިހާރު އޭދަފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުކަމަށެވެ.

މިޝޯގައި ޕާފޯމް ކުރުމަށް ހަމަޖެެހިފައިވާނީ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ އަށް ދިޔަ ޝަލަބީ އާއި ތިންވަނަ އަަށްދިޔަ އިޝާންއެވެ. އަދި ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ ހައްވާ އަޝްރާ ބައިވެރިވާނޭކަމަށާ، ޝޯގެ ފޯރި އިތުރަށް ގަދަކުރުމަށް ލައިވް މިއުޒިކް ބޭންޑެއްވެސް ގެނެވޭނެ ކަމަށް އެ ގްރޫޕުން މަޢުލޫމާތުދެއެވެ.

އަނެއްކޮޅުން މި ޝޯ ހުށަހަޅައިދޭނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު މުހައްމަދު ވަހީދު “ވައްޑޭ” އެވެ.

މި ޝޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ފަސްމުގޫ ގްރޫޕުން ބުނީ މިޝޯއަކީ ފަސްމުގޫ ގްރޫޕްގެ ވިޔަފާރި ޕްރޮމޯޓް ކުރުމަށް މުޅިއަތޮޅުގެ ރައްޔިތުންނަށް ބާއްވާ ޝޯއެއް ކަމަށެވެ. މި ޝޯގައި ފަސްމުގޫ ފިހާރައިން މިއަހަރު ރޯދަމަހު ކުރިޔަށްގެންދިޔަ “އެއްލައްކަ ރުފިޔާގެ އަގުހުރި ފްރޮމޯޝަން”ގެ ގުރުއަތުލާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.