ފިޝަރީޒް މިނިސްޓްރީން ގޮއިދޫ ކައުންސިލާ ބައްދަލުކޮށްފި

ބ. ގޮއިދޫ ދަނޑުވެރިންނާ ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުން ބައްދަލު ކޮށް މައުލޫމާތު ދެއްވަނީ ފޮޓޯ- ޒުހުދާ - See more at: http://hithaadhoo.com/details.php?ID=1770#sthash.qSshz0MN.dpuf
ބ. ގޮއިދޫ ދަނޑުވެރިންނާ ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުން ބައްދަލު ކޮށް މައުލޫމާތު ދެއްވަނީ ފޮޓޯ- ޒުހުދާ –

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބ. ގޮއިދޫގެ ދަނޑުވެރިންނާއި އިއްޔެ ބައްދަލުކޮށްފި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ސީނިއަރ ކަރަންޓީން އޮފިސަރ މުހައްމަދު ވިދާޅުވީ އެއްރަށުން އަނެއް ރަށަށް ގަސްގަހާގެހި ގެންދިއުމުގައި ވަރަށް ރަނގަޅަށް ބެލަންޖެހޭ ކަމަށެވެ.

“އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން ރަށް ރަށުން މިގެންނަ ރުއްފަދަ ތަކެތި އަދި ގަސް ގެންނަ އިރު އެ ގަހަކީ ނުވަތަ ރުކަކީ ވަރަށް ރަނގަޅަށް އޭގައި ބައްޔެއް ހުރި އެއްޗެއްތޯ ބެލުމަށް.. އެހެންނޫނީ ގަސްގަހަށް މި ޖެހޭ އެކި ބަލިތައް ކޮންޓްރޯލް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ”

އަނީސް ވދާޅުވީ ގަސް ހެއްދުމުގައި ވީހާވެސް ބޮޑަށް އޯގަނިކް ކާނާއާއި ބޭސް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

“ރާއްޖޭގަ ހަމަ ވަރަށް ކަނބޮޑުވާ ދަރަޖައަށް ކެމިކަލް ބޭހާއި ކާނާ ދަނޑުތައް ހެއްދުމުގައި ބޭނުން ކުރަމުން އެބަދޭ.. މީ އަސްލު ވަރަށް ނުރައްކާތެރި ކަމެއް.. މި ކަމަކީ ސިއްހަތައް ވަރަށް ގެއްލުން ހުރި ކަމެއް. ހާއްސަކޮށް ކެންސަރު ބަލިފަދަ ބަލިތަށް ޖެހޭ މިފަދަ ކެމިކަލް ބޭސްތައް ބޭނުންކޮށްގެން ހައްދާ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން،” އަނީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިކަމުގައި ގެންގުޅެންޖެހޭ ރަނގަޅު އާދަތަކާއި، ފުރުޓްފްލައި، އަދި ރުކުމަޑިއާއި ބެހޭ މައުލޫމާތާއި ބެހޭ ޕްރެޒެންޓޭޝަން އެއް ވަނީ ދީފައެވެ.

އަދި މި ބައްދަލުވުމުގައި ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް ވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކާޅާއި ވާލާއި ކޮވެލީގެ ސަބަބުން ބައެއް ވައްތަރުގެ ގަސްތައް ހެއްދުމުގައި ދަތިތަކާއި ކުރިމަތި ވަމުން ދާކަން ދަނޑުވެރިން ވަނީ ފާހަގަ ކޮށްފައެވެ.

އަނީސް ވިދާޅުވީ ކާޅު ފަދަ ތަކެތިން ސަލާމަތް ކުރުމަށްޓަކައި އަލްޓްރާ ސައުންޑް ސިސްޓަމެއް ފުވައްމުލަކުގައި މިހާރު ޓެސްޓްކުރަމުންދާކަމަށާއި އެއީ ކާމިޔާބު އެއްޗަކަށްވާ ނަމަ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކުރުމުގެ ވިސްނުން ހުރި ކަމަށެވެ.

މި ދަތުރުގައި އެގްރިކަލްޗަރ ގެ ޓީމުން ވަނީ ގޮއިދޫގެ ދަނޑުތަކަށް ޒިޔާރަތްކޮށް އެ ދަނޑުތަކުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.