މޯލްޑިވިއަން ހޮލިޑޭސްގެ އިންފްލައިޓް މަޖައްލާގައި ވިޔަފާރިތަކަށް ހާއްސަ ސެކްޝަނެއް

117647_3_dcdd584650b6046adff1203b32022c3886453cc5_medium

މޯލްޑިވިއަން ހޮލިޑޭސްގެ އިންފްލައިޓް މަޖައްލާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސެކްޝަނެއް ހިމަނައިފި އެވެ.

 

މިދިޔަ އަހަރު ނެރެން ފެށި މި މަޖައްލާ އަކީ ކޮންމެ އަހަރަކު ތިން ފަހަރު ނެރެން ހަމަޖެހިފައިވާ މަޖައްލާ އެކެވެ.

 

މޯލްޑިވިއަނުން ބުނި ގޮތުގައި އެ މަޖައްލާގައި ވިޔަފާރިތަކަށް ހާއްސަ ސެކްޝަނެއް ހިމަނަން ނިންމީ ރާއްޖޭގެ ބައެއް ވިޔަފާރިތަކާއި ގެސްޓްހައުސްތަކުން މަޖައްލާ މެދުވެރިކޮށް އިސްތިހާރު ކުރުމަށް ޝައުގުވެރިކަން ހުށަހަޅަމުން ދާތީ އެވެ.

މޯލްޑިވިއަން ހޮލިޑޭޒް މެގަޒިން، ގައުމީ އެއާލައިނަށް ޕަބްލިޝް ކޮށްދެނީ އެމްވީ ހޮޓެލްސްގެ ފަރާތުންނެވެ.

 

އެމްވީ ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު އަރީފް ވިދާޅުވީ، މޯލްޑިވިއަން ހޮލިޑޭޒް މެގަޒިންއަށް އިތުރުކުރެވޭ ލިސްޓިންގ ސެކްޝަނަކީ ފަތުރުވެރިކަމާ ގުޅުންހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އިޝްތިހާރު ކުރުމަށް ޚާއްސަ ސެކްޝަނެއް ކަމަށެވެ.

އެގޮތުން ވިޔަފާރިތަކަށް ހާއްސަ މި ސެކްޝަން، މަޖައްލާގެ އެހެން ސެކްޝަންތަކާ ތަފާތު ވާނެ ކަމަށާއި ލިސްޓިންގެ ގޮތުގައި ކުންފުނިތަކުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު ފަދަ މައުލޫމާތު ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މި މަޖައްލާގައި ޗުއްޓީ ހޭދަކޮށްލަން ދާނެ އެންމެ ރަނގަޅު ތަންތަނާއި އެންމެ ރަނގަޅު ސްޕާތަކާއި ރެސްޓޯރަންޓުތަކާ ބެހޭ މައުލޫމާތު ހިމަނާފައި ވެ އެވެ.

މި މަޖައްލާގެ ކިޔުންތެރިންގެ އަދަދު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ބޮޑަ އިތުރުވެފައިވާ ކަމަށް އެގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންނާ ހަމައަށް މަޖައްލާ ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޖައްލާގެ ކޮންމެ އިޝޫއެއްގެ 10،000 ކޮޕީ ޕްރިންޓު ކުރެ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން މި މަޖައްލާ ކިޔާލަން ބެނުންވާ މީހުންނަށް ބައިނަލްއަގްވާމީ ޓްރެވަލް ވެބްސައިޓް issuu.com އިން ކިޔާލެވޭނެ އެވެ.

މި މަޖައްލާގެ ވިޔަފާރި ސެކްޝަނުގައި ލިސްޓު ކުރަން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި މަޖައްލާގެ ކޮންމެ އިޝޫއެއްގައި އެންމެ މަދުވެގެން 15 ވިޔަފާރީގެ މައުލޫމާތު ލިސްޓު ކުރާނެ ކަމަށް މޯލްޑިވިއަން ހޮލިޑޭސްއިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.