ސޮނީ އެކްސްޕީރިއާ ޒީ ފޯން ރާއްޖޭގެ ބާޒާރަށް ނެރެފި

HTC-One-vs-Sony-Xperia-Z-03

މުޙައްމަދު އަފްރާޙް (މާޅޮސް)

އިލެކްޓްރޯނިކް ސާމާނު އުފެއްދުމަށް މަޝްހޫރު ސޮނީ ކުންފުނިން އުފައްދާފައިވާ ސޮނީ އެކްސްޕީރިއާ ޒީ ފޯނު މާލޭގެ ބާޒާރަށް ނެރެފިއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކްސް ސާމާނުވިއްކާ ރީފްސައިޑުން މާލޭގެ ބާޒާރަށް ނެރެފައިވާ މިފޯނަކީ ފެނާއި ހިރަފުސް ނޭޅޭ ފޯނެކެވެ.

ސޮނީގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރ ކަމުގައިވާ ރީފްސައިޑުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޯނު ރާއްޖޭގެ ބާޒާރަށް ނެރެދެއްވީ ސޮނީ ސިންގަޕޫރުން ސްރީލަންކާ އަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ ސްޓޭންލީ ޓޭން އެވެ. މިއަދު މި ނެރުނު ސޮނީ އެކްސްޕީރިއާ ޒީ ފޯނަކީ ސޮނީގެ އެންމެފަހުގެ ޓެކްނޮލޮޖީ ހިމަނައިގެން ސޮނީން އެންމެ ފަހުން އުފެއްދި ފޯނެވެ.

މި ރަސްމިއްޔާތުގައި ކަންޓްރީ މެނޭޖަރ ވިދާޅުވީ، މި އުފެއްދުމުގައިވެސް ސޮނީގެ ޔުނިކް ޓެކްނެލޮޖީ އެކުލެވޭ ކަމަށާއި މިއީ މިވަގުތު އުފެއްދި އެންމެ ޒަމާނީ ޓެކްނެލޮޖީ ހިމެނޭ ފޯނު ކަމުގައެވެ.

ސޮނީ އެކްސްޕީރިއާ ޒީ ފޯނުގައި ހިމެނޭ ބައެއް މުހިއްމު ފީޗަރސްތަކުގެ ތެރޭގައި، ފޯނުގެ އެތެރެއަށް ފެނާއި ހިރަފުސް ނޭޅުން ހިމެނެއެވެ. މި ފޯނު އޮޅިގެން ފެނަށް ވެއްޓުނަސް ހާސްވާކަށް ނުޖެހެއެވެ. އެއީ، މި ފޯނުގެ ދެފުށުގައި ހިމެނޭ ވަރުގަދަ ” ޑިއުރަބްލް ޓެމްޕަޑް ގްލާސް “ގެ ސަބަބުން ނެވެ. މި ފޯނު އެއް މީޓަރ އަޑީގައި ފެންނޭޅި 30 މިނެޓް (ބައި ގަޑި އިރު) އޮންނާނެކަމަށް ސޮނީ ކުންފުނިން މަޢުލޫމާތު ދެއެވެ. އަދި މީގެ އިތުރުން، އެން އެފް ސީ ޓެކްނެލޮޖީ ބޭނުން ކޮއްގެން ސޮނީ ބްރާވިއާ ޓީވީތަކަށް ފޮޓޯ ފޮނުވާލެވެ އެވެ. އަދި އެ ފޮޓޯތައް ބޮޑުކޮށް ބަލާލެވޭ އިރު، ސޮނީ ސްޕީކަރތަކުގައި ޖައްސައިގެން އެއަށް މިއުޒިކް ޝެއާ ކުރުމުގެ ފުރުސަތުވެސް ލިބިފައިވެއެވެ. އަދި މި ފޯނުގައި ހިމެނޭ ” މޯޑު”ގެ ސަބަބުން ގިނަ އިރު ފޯނު ގެންގުޅޭ މީހުންނަށް ދިވާމާ ބެޓެރި ފްލެޓްވުމުގެ މައްސަލައަށް ހައްލު ގެނެސްދެއެވެ. އެ “މޯޑު”ގައި ބެހެއްޓުމުން ފޯނުގައި އަމިއްލައަށް ބޭނުން ނުކުރާ ޕްރޮގްރާމްތައް ނިއްވާލަދެ އެވެ. 13 މެގަޕިކްސަލްގެ ކެމެރާއެއް ހިމެނޭ މި ފޯނުން ސިކުންތަކު ގާތްގަޑަކަށް 40 ވަރަކަށް ފޮޓޯ ނެގެއެވެ.

ރީފްސައިޑުން މި ފޯނު ރާއްޖޭގެ ބާޒާރަށް ނެރުމާ ދިމާކޮށް އެ ކުންފުނިން މިހާރުވަނީ، މިމަހުގެ 11 އިން އަންނަ މަހުގެ 11 އަށް ޚާއްސަ އޮފާއެއްވެސް ވަނީ ފަށާފައެވެ. މި އޮފާގެ ދަށުން ބުކިންގްސް ހަދާ ފަރާތްތަކަށް އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ސޮނީ އެކްޕީރިއާ ޒީ 16 ޖީބީގެ ފޯނެއް ރީފް ސައިޑުން ވިއްކަނީ 13900ރ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.