އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް މާދަމާ އަށް ފަސްކޮށްފި

DSC_5820

މިއަދު ހަވީރު ފަށަން ކުރިން ހަމަޖައްސައިފައިވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށާގޮތަށް ފަސްކޮށްފި އެވެ.

 

މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަަލަށް ކުރިޔަށް ގެންދަން ކުރިން ހަމަޖެހިފައިވާ މި މި މުބާރާތް މިހާރު ފަށާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ކަމަށެވެ. އަދި ޝެޑިއުލުގައިވާ ގޮތަށް މެޗްތައް މާދަމާއިން ފެށިގެން ކުރިޔަށް ދާނެކަމަށްވެސް އެ ކްލަބުން ބުނެ އެވެ.

 

ބާ އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ވާދަކުރަނީ 4 ރިސޯޓެވެ. އެއީ ކިހާދު މޯލްޑިވްސް، ސޮނެވާފުށި، ދުސިތް ތާނީ އަދި ޓީ.އެސް.އެމް.އައި.ސީ (އަމިއްލަފުށި) އެެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރާނީ ކީހާދު މޯލްޑިވްސް އާއި އަމިއްލަފުށި ރިސޯޓު އެވެ.

 

މި މުބާރާތަކީ ވިޒިޓް މޯލްޑިވްސް އިޔަރ 2016 ފާހަގަކުރުމުގެ ގޮތުންނާއި މިއަތޮޅުގެ ރިސޯޓްތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ އަޕްޑޭޓެޑް ޝެޑިއުލް
މުބާރާތުގެ އަޕްޑޭޓެޑް ޝެޑިއުލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.