ލަވަކިޔުންތެރިންނަށް ހޫނު މަރުހަބާއެއް، ޝޯ މިރޭ 9:30 ގައި

ލަވަކިޔުންތެރިން އޭދަފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ލަވަކިޔުންތެރިން އޭދަފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި މިރޭ ބާއްވާ ފަސްމުގޫ ރޯދަ ސޭލް ޝޯ އަށް ލަވަކިޔުންތެރިން އޭދަފުއްޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ލަވަކިޔުންތެރިން އޭދަފުށީ ރަސްމީ ފާލަމަށް ފޭބުމާއެކު ސަގާފީ ހެދުމުގައިތިބި ކުޑަކުދިންވަނީ ކޮންމެ ލަވަކިޔުންތެރިއަކަށް މާބޮޑިއެއް އަރުވައިފަ އެވެ. އަދި އެ ފަންނާނުންނަށް މަރުހަބާކިޔުމަށް ކުޑަކުދިންނާއި ޒުވާނުންވެސް ފާލަން ކައިރިއަށް އެއްވެފައި ތިއްބެވެ.

ލަވަކިޔުންތެރިން ދަރަވަންދޫ އެއާޕޯޓުގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ލަވަކިޔުންތެރިން ދަރަވަންދޫ އެއާޕޯޓުގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިރޭގެ ޝޯ އަށް އޭދަފުއްޓަށް އައި ލަވަ ކިޔުންތެރިންގެ ތެރޭގައި “މޯލްޑިވިއަން އައިޑޮލް” އިން ވިދާލި ޝަލަބީ އިބްރާހިމް އާއި އިޝާން ގެ އިތުރުން ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ ހައްވާ އަޝްރާވެސް ހިމެނެ އެވެ. މި ޝޯ ގައި ލައިޝާ ޖުނައިދު ވެސް ބައިވެރިވާ ގޮތަށް ކުރިންވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ލައިޝާ މިވަގުތު ރާއްޖެއިން ބޭރުގައި އުޅޭތީ މި ޝޯގައި ބައިވެރިވެވޭގޮތް ވަނީ ނުވެފަ އެވެ.

މި ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި އޭދަފުށީ ރަސްމީ ސްޓޭޖުގަ އެވެ. ޝޯގެ ފޯރި އިތުރަށް ގަދަކުރުމަށް ލައިވް މިއުޒިކް ބޭންޑެއްވެސް ގެނެވޭނެ ކަމަށް އެ ގްރޫޕުން މަޢުލޫމާތުދެއެވެ. ޝޯ ހުށަހަޅައިދޭނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.

ޝޯގެ ބައިވެރިން އޭދަފުށީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޝޯގެ ބައިވެރިން އޭދަފުށީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފަސްމުގޫ ގްރޫޕުން ބުނީ މިޝޯއަކީ ފަސްމުގޫ ގްރޫޕްގެ ވިޔަފާރި ޕްރޮމޯޓް ކުރުމަށް މުޅިއަތޮޅުގެ ރައްޔިތުންނަށް ބާއްވާ ޝޯއެއް ކަމަށެވެ. މި ޝޯގައި ފަސްމުގޫ ފިހާރައިން މިއަހަރު ރޯދަމަހު ކުރިޔަށްގެންދިޔަ “އެއްލައްކަ ރުފިޔާގެ އަގުހުރި ފްރޮމޯޝަން”ގެ ގުރުއަތުނަގައި ލަކީ ޑްރޯ ދިމާވާ ފަރާތްތަކަށް އިނާމު ހަވާލުކުރެވޭނެ ކަމަށްވެސް ފަސްމުގޫ ގްރޫޕުން ބުންޏެވެ.

މި ޝޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.