ކެންދޫ ކައުންސިލްގެ ދެވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި

kendhoo

ބ. ކެންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ އެ ކައުންސިލުގެ ދެ ވަނަ ފުޓްބޯޅަ މުބާރާތް އިއްޔެ ހަވީރު ފަށައިފިއެވެ.

މުބާރާތް ހުޅުވުމުގެބ ގޮތުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ، މިދިޔަ އަހަރުގެ ފައިނަލުގައި ބައްދަލު ކުރި ދެ ޓީމް ކަމަށްވާ އެފްސީ ވެންގާޑް އަދި ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.

މި މެޗްގައި ދެ ތީމުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. މެޗްގެ ހަތްވަނަ މިނިޓްގައި މި މުބާރާތުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ، އެފްސީ ވެންގާޑްގެ އަހުމަދު އަބްދުއް ރައްޒާގެވެ.

އެއަށްފަހު މެޗްގެ ނުވަވަނަ މިނިޓްގައި، ޑައިމަންޑް ޑީމުގެ އަސްފަރު އަލީ ވަނީ ނަތީޖާ ހަމަ ހަމަހަމަ ކޮށްދީފައެވެ. މެޗްގެ ސޯޅަ ވަނަ މިނިޓްގައި ޑައިމަންޑް ޓީމަށް ލީޑް ފުޅާ ކޮށްދިނީ އެ ޓީމުގެ މޫސާ އިބްރާހިމްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނަތީޖާ ހަމަކޮށްދިނީ ފަހު ހާފުގެ 27 ވަނަ މިނިޓްގައި، އެފްސީ ވެންގާޑުގެ އަބްދުލް މޫމިން އަބްދުލް ވައްހާބެވެ.

2-2 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނު މި މެޗުގެ މޭން އޮފްދަ މެޗަށް ހޮވިފައިވަނީ، މެޗްގައި މޮޅު ކުޅުމެއް ދެއްކި ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ރަށުން ބޭރު ކުޅުންތެރިޔާ މޫސާ އިބްރާހިމް އެވެ.
ކެންދޫ ކައުންސިލުން އިންތިޒާމް ކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަ ހާސްރުފިޔާ ދޭން ނިންމާފައިވާއިރު ރަނަރއަޕް ޓީމަށް ދިނުމަށް ނިންމާފައިވަނީ ހަ ހާސް ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.