
ބ. އޭދަފުށީ ފަސްމުގޫ ފިހާރަ އިން ކުރިއަށް ގެންދިޔަ ރޯދަ ސޭލް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.
މެއި 10 އިން މި މަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ފަސްމުގޫ ފިހާރައިން 300ރ އިން މަތީގެ ވިޔަފާރި ކުރި ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވީ މޯލްޑީވިއަން އައިޑޮލްއިން ވިދާލި ބައެއް ލަވަކިޔުންތެރިންނާއެކު މިރޭ އޭދަފުށީގައި ބޭއްވި ފޯރިގަދަ ސްޓޭޖް ޝޯ ގެ ތެރޭގައެވެ. މި ޝޯ ބެލިމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސްޓޭޖް ސަރަހައްދަ ޖަމާވެފައެވެ. އަދު ކައިރި ރިސޯޓްތަކުގެ މުވައްޒަފުންވެސް ޝޯ ބެލުމަށް ވަނީ އޭދަފުއްޓަށް އައިސްފައެވެ.
މި ޕްރޮމޯޝަނުން އެއްވަނަ އަށް ދިޔަ މަރިޔަމް ޝިފާނާ (ކޫޕަން ނަންބަރު 05438) އަށް ލިބުނީ 15000ރ އެވެ.
ދެވަނަ އަށް ދިޔަ ވައްޙާބް (ކޫޕަން ނަންބަރު 02334) އަށް 10،000ރ ލިބުނު އިރު ތިންވަނަ އަށް ދިޔަ އަޖުފާން (ކޫޕަން ނަންބަރު 02487) އަށް ލިބުނީ 5000ރ އެވެ.
މީގެ އިތުރުން އިތުރު 7 ވަނަ ހޮވައި އިނާމުގެ ގޮތުގައި ދޮންނަ މެޝިނާއި، މިކްސްޗަ އާއި، އަވަން އަދި ރައިސް ކުކަރު ފަދަ ތެކެތި ވަނީ ދީފައެވެ.
ފަސްމުގޫ އިން ރޯދަ މަހާ ދިމާކޮށް ބާއްވާ މި ޕްރޮމޯޝަނަކީ ބ. އަތޮޅުގެ ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަށް ބާއްވާ ޕްރޮމޯޝަނެއް ކަމަށް އެ ފިހާރައިން ބުނެ އެވެ.