ބ. ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ “ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2016” އަންނަ އޯގަސްޓްމަހުގެ 6-12 އަށް ބޭއްވުމަށް ނިންމިައިފި އެވެ.
ކަމަދު ކައުންސިލުން ބުނި ގޮތުގައި އެރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލަކޮށް، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި މިއަހަރުވެސް 5 ޓީމު ވާދަ ކުރެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަމަދޫ ކައުންސިލުން 5000ރ. ހުށަހަޅާފައިވާއިރު، ރަނާ އަޕް ޓީމަށް 2000ރ. ވަނީ ހުށަހަޅައިފަ އެވެ.
މިއީ ކަމަދޫ ކައުންސިލުން މި މުބާރާތް ބާއްވާ 4 ވަނަ ފަހަރެވެ.