އަންނަމަހު ބ. އަތޮޅުގައި އަނެއްކާވެސް އިތުރު ރިސޯޓެއް ހުޅުވަނީ

ދިގުފަރު ރިސޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ދިގުފަރު ރިސޯޓް
ދިގުފަރު ރިސޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ދިގުފަރު ރިސޯޓް

ބ. އަތޮޅު ދިގުފަރުވިނަގަނޑުގައި ތަރައްގީކުރި “ދިގުފަރު އައިލެންޑް ރިސޯޓް” އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ހިމާޔަތްކޮށްފައިވާ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި ހެދި ރިސޯޓުގައި 30 ބީޗް ވިލާ އަދި ދިހަ ސެމީ ވޯޓާ ވޯޓާ ވިލާ ހުރެ އެވެ.

ދިގުފަރު ރިސޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ދިގުފަރު ރިސޯޓް
ދިގުފަރު ރިސޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ދިގުފަރު ރިސޯޓް

ދިގު ފަރެއްގެ މެދުގައި ބޮޑު ފަޅާކާ އެކު އޮންނަ ހިތްގައިމު ރީތި ރަށުގައި އެކި ގައުމުތަކުގެ ކާނާ ލިބޭ ގޮތަށް ތިން ރެސްޓޯރަންޓެއް ހަދާފައިވެ އެވެ. އޭގެ އިތުރުން “ތުނޑި ޕޫލް ބާ”ގެ ނަމުގައި ހާއްސަ ބާއެއް ވެސް ހުރެ އެވެ. އަދި އެ ރިސޯޓުގައި “ފުނަ ސްޕާ”ގެ ނަމުގައި ސްޕާއެއް ހުރެ އެވެ.

މާލެއިން ފުރައިގެން ސީ ޕްލޭނުން 45 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށުގައި ޑައިވިން ސްކޫލަކާއި މަސްދަތުރު ދިއުމާއި ކޯމަސް ބަލަން ދިއުމާއި ދޮންވެލި ފިނޮޅަށް ޕިކްނިކް ދިއުން ފަދަ ހަރަކާތްތައް ހިންގަން ރާވާފައިވާ ކަމަށް އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

Dhigu-restaurant1-1000x565

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސްޓެޓިކް ކޮމްޕެނީގެ ހިއްސާ އޮންނަ ދިގުފަރު އިންވެސްޓްމަންޓުން ތަރައްގީކުރި ފުރަތަމަ ރިސޯޓާ އެކު އެ ކުންފުނީގެ ލަގްޒަރީ ޔޮޓް “ދާއިންކަނބާ” ގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ.

މަތީ ފެންވަރުގެ ދިހަ ވަރަކަށް ރިސޯޓު ހިންގަމުން އަންނަ ބ. އަތޮޅުގައި މިދިޔަ މަހު “ފިނޮޅު”ގެ ނަމުގައި ކަނިފުށީގައި ފަސް ތަރީގެ ފެންވަރުގެ ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަތޮޅުގައި އިތުރު ތިން ރިސޯޓެއް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.- ޚަބަރު / މިހާރު

ދިގުފަރު ރިސޯޓު. ފޮޓޯ: ދިގުފަރު ރިސޯޓް
ދިގުފަރު ރިސޯޓު. ފޮޓޯ: ދިގުފަރު ރިސޯޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.