ދިރާގުގެ ނެޓްވޯކަށް ބައި މިލިއަން ވަނަ ކަސްޓަމަރު ގުޅިއްޖެ!

ބައި މިލިއަން ވަނަ ކަސްޓަމަރަށް މަރުހަބާ ކިޔަނީ ---| ފޮޓޯ: ދިރާގު
ބައި މިލިއަން ވަނަ ކަސްޓަމަރަށް މަރުހަބާ ކިޔަނީ —| ފޮޓޯ: ދިރާގު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ 500،000 ވަނަ ކަސްޓަމަރު އެ ނެޓްވޯކާއި ގުޅިއްޖެ އެވެ.

ދިރާގުގެ ބައި މިލިއަން ވަނަ ކަސްޓަމަރަކަށް ވުމުގެ މި ފަހުރުވެރި ނަސީބު ލިބިފައި ވަނީ މ.ފުރަހަނި، ފާތުމަތު ލައިޝާ ޝާހިރަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަން ހުރުމަށް ފަހު، ޗުއްޓީއަށް ރާއްޖެ އައިސް ހުރި، ލައިޝާ އަށް މިކަން މިވީ ބޮޑު ސަޕްރައިޒަކަށެވެ.

“މިއީ ރާއްޖޭން ބޭރުގައި ކިޔަވަންހުރެފަ ހަމަ އައި ގޮތަށް އަލަށް ނެގި ޕޯސްޓްޕެއިޑް ސިމް އަކުން ލިބުނު ނަސީބެއް. ވަރަށް ބޮޑު ސަޕްރައިޒެއް. ދިރާގު ކަހަލަ ކުންފުންޏެއްގެ މިފަދަ މައިލްސްޓޯންއެއް އެޗީވް ކުރުމުގައި ބައިވެރި ވުމުގެ ފުރުސަތު ލިބުމުން މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދިރާގަކީ މިހާރު ރާއްޖޭގެ އެއްވަނަ ކުންފުނި. ދިރާގުގެ ސިމް އެއް ނެގި އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ.” ދިރާގުގެ ބައި މިލިޔަން ވަނަ ކަސްޓަމަރު ލައިޝާ ބުންޏެވެ.

ދިރާގުގެ މި ހާއްސަ ކަސްޓަމަރަށް، އެ ކުންފުުނިން، ވަނީ ޕޯސްޓްޕެއިޑް މޮބައިލް ކަނެކްޝަނަކާއި، ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް އެއް އަހަރު ދުވަހަށް މުޅިން ހިލޭ ދީފަ އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުންޏަކީ މުވާސަލާތީ ހުރިހާ ހިދުމަތެއްގެ ‘ޓޯޓަލް ސޮލިއުޝަން’ ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، މި ކަސްޓަމަރަކީ އެކުންފުނީގެ ފިކްސްޑް ލައިން، މޯބައިލް، އަދި ފިކްސްޑް އާއި މޮބައިލް ބްރޯޑްބޭންޑްގެ ހިދުމަތާއި ބިޒްނަސް ކަސްޓަމަރުންގެ ތެރެއިން ދިރާގުގެ ހިދުމަތެއް ނެންގެވި ބައި މިލިޔަން ވަނަ ކަސްޓަމަރެވެ.

ބައި މިލިއަން ވަނަ ކަސްޓަމަރަށް މަރުހަބާ ކިޔަނީ ---| ފޮޓޯ: ދިރާގު
ބައި މިލިއަން ވަނަ ކަސްޓަމަރަށް މަރުހަބާ ކިޔަނީ —| ފޮޓޯ: ދިރާގު

މުޅި ރާއްޖެއަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި 27 އަހަރު ހޭދަކޮށްފައިވާ ދިރާގުން މިހާރު ދަނީ 3ޖީ އަދި 4ޖީ އެލްޓީއީ ހިދުމަތް ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 2012 ވަނަ އަހަރު ދިރާގުން އެޅި ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލް މެދުވެރިކޮށް ދިރާގުން މިހާރު ދަނީ މުޅި ރާއްޖެއަށް ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. ހަމައެޔާއިއެކު ދިރާގުން ވަނީ 2015 އަހަރުތެރޭގައި މުޅި ރާއްޖޭގެ އާބާދީގެ 100 ޕަސެންޓް އަށް 3ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ، ހަމަ އެއަހަރު ތެރޭގައި ސައުތް އޭޝިޔާ ސަރަހައްދުގައި 4ޖީ އެލްޓީއީ އެޑްވާންސްޑްގެ ހިދުމަތް ދޭންފެށި އެންމެ ފުރަތަމަ އޮޕަރޭޓަރަށްވެސް ވެފަ އެވެ.

ކުންފުނީގެ 500،000 ވަނަ ކަސްޓަމަރު އިއުލާން ކުރުމަށްފަހު ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، މިއީ ދިރާގަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަށް ފުޅާކުރުމުގެ ގޮތުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި، 500،000 ކަސްޓަމަރުން ހަމަކުރެވުމަކީ ދިރާގުން ކުރަމުންދާ މަސައްކަތް ކަސްޓަމަރުން ބަލައިގަންނަކަށް އަންގައިދޭ ކަމެއް ކަމަށެވެ.

“އެގޮތުން އަޅުގަނޑުމެންގެ 500،000ވަނަ ކަސްޓަމަރު ފާތުމަތު ލައިޝާ އަށް އަދިވެސް އެއްފަހަރު ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ، މި ނެޓްވޯކާއި ގުޅިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު ދަންނަވަމެވެ. އަދި ހަމަ މި ފުރުސަތުގައި އަޅުގަނޑުމެންގެ ހިދުމަތްތައް މިހާރަށް ވުރެވެސް ފެންވަރު ރަނގަޅުކުރުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް އަރުވާ، މިހާރުވެސް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް ތިޔަ ބަހައްޓަވާ އިތުބާރަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށް ޝުކުރުދަންނަވަމެވެ.” އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން މިހާރު އަމާޒު ހިފާފައިވަނީ 4ޖީ ގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން އާބާދީގެ 58 ޕަސެންޓަށް މިހާރު އެހިދުމަތް ފޯރުކޮށްދީފައިވާ އިރު، ނެޓްވޯކް އިތުރަށް ފުޅާކޮށް، އެންމެ ޒަމާނީ ހިދުމަތްތައް، އެންމެ އަވަހަށް، އެންމެ ފުރިހަމައަށް ގެނެސްދިނުމަށް މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.