ދިރާގުން ރާއްޖެއަށް ސެމްސަންގް ގެލެކްސީ ނޯޓު7 ތައާރަފްކޮށް ޕްރީއޯޑާ އަށް ހުޅުވާލައިފި

މްސަންގ ގެލެކްސީ ނޯޓް 7 ނެރުމަށް ދިރާގުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މްސަންގ ގެލެކްސީ ނޯޓް 7 ނެރުމަށް ދިރާގުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސެމްސަންގު ކުންފުނިން އެންމެ ފަހުން ދައްކާލި ގެލެކްސީ ނޯޓު7ގެ ފޯނު ދިރާގުން ރާއްޖެއަށް ތައާރަފްކޮށް ޕްރީ އޯޑާކުރަން މިރޭ ހުޅުވާލައިފި އެވެ.

ދިރާގުގެ ހެޑު އޮފީހުގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތަކާއެކު ރާއްޖެއަށް އެ ފޯނު ތައާރަފްކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އަދި ރާއްޖެ އާއި ސްރީލަންކާގެ ސެމްސަންގް އޮފީހުގެ މެނޭޖިން ޑިރެކްޓަރު ޔަންގްމިން ޝިނެވެ.

ނޯޓު7ގެ ފޯނު އެންމެ ފުރަތަމަ ދައްކާލީ މިދިޔަ އަންގާރަ ދުވަހު އެމެރިކާގަ އެވެ. ރާއްޖެއަކީ އެ ސީރީސްގެ ފޯނު ތައާރަފްކުރި ދެ ވަނަ ގައުމެވެ.

އިންސްޓޯލްމަންޓާއި އެއްކޮށް ފައިސާ ދައްކައިގެން ފޯނަށް އޯޑަރު ކުރުމުގެ ފުރުސަތު ވެސް ދިރާގުން މިރޭ ވަނީ ޕޯސްޓް ޕެއިޑާއި ޕްރީ ޕެއިޑުގެ ކަސްޓަމަރުންނަށް ހުޅުވާލައިފަ އެވެ. ދިރާގުން ނޯޓު7ގެ ފޯނު ވިއްކަން ހަމަޖައްސާފައިވަނީ 12،999ރ. އަށެވެ.

އިންސްޓޯލްމަންޓަށް ފޯނު ގަންނަން ހުށަހެޅޭނީ ހަމައެކަނި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށެވެ. އެއީ އެޑްވާންސްގެ ގޮތުގައި 2999ރ. ދައްކައި އަދި 12 މަސް ދުވަހަށް ބަހާލައިގެން މަހަކު 849ރ. ދައްކައިގެންނެވެ.

މިރޭ ދިރާގުން ވަނީ ސެމްސަންގް ނޯޓު7ގެ ފޯނު ހިލޭ ލިބޭ ދެ ނަސީބުވެރިން ވެސް ހޮވައިފަ އެވެ.

ނޯޓު 7ގެ އެންމެ ހާއްސަ ސިފައަކީ ލޮލުގެ ކަޅި ދެނެގަނެވޭ ސެންސަރެއް ހިމަނާފައިވުމެވެ. ސްކްރީންގެ މަތީގައި ސްޕީކަރު ކައިރީގައި ހަރުކޮށްފައިވާ ސެންސަރަށް ބަލައިލުމުން އެ މީހެއްގެ ކަޅީގައި ހުންނަ ހާއްސަ ސިފަތައް ދެނެގަނެ އެވެ. އައިނު އަޅާ މީހުންގެ އައިނު މަތިން ވެސް ކަޅި ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ މި ސެންސަރަކީ އިނގިލީގެ ނިޝާން ޖަހައިގެން ފޯނު ހުޅުވުން ފަދަ ސަލާމަތީ ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.