ކަމަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތް ފަށައިފި

viber image

ބ. ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2016” ރޭ ފަށައިފި އެވެ.

ޖުމްލަ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ އެފްސީ ރިއަލް އާއި އެފްޓީ ރީޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 4-2 އިން އެފްސީ ރިއަލް މޮޅު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެފްސީ ރިއަލްގެ މުހައްމަދު އައްބާސް އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ފްލައި ހޯކް އާއި ދިފްރެންޑްސް ޖޫނިއާރސް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެފްސީ ފްލައި ހޯކް ޙަސަން ޝަރީފް އެވެ.

ކަމަދު ކައުންސިލުން ބުނި ގޮތުގައި އެރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލަކޮށް، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިއީ މި މުބާރާތް ބާއްވާ 4ވަނަ ފަހަރެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނާ-އަޕް ޓީމަށް ކަމަދޫ ކައުންސިލުން ފައިސާގެ އިނާމު ވަނީ ހުށަހަޅާފަ އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބ. އަތޮޅު ކައުންސިލު އިދާރާ އެވެ. ކޯ ސްޕޮންސަރުންނަކީ ކަމަދޫ ޑޭމާޓް ފިހާރަ، ސްލެކްސް ޕްރައިވެޓް ލިމިޓެޑް، މިސްޓަރ ބްރަދާސް ޕްރިވެޓް ލިމިޓެޑް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އެވެ.

މި މުބާރާތް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.