ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރިޔަށްގެންދާ އެންމެ ވާދަވެރި ވޮލީބޯޅަ މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 5 ގެ ފުރަތަމަ މެޗުން އަނަންތަރާ ކިހަވައް ވިލާސް މޮޅުވެއްޖެ އެވެ․
އަނަންތަރާގައި ކުޅުނު މި މެޗުން އެ ރިސޯޓް މޮޅުވީ ޑުސިޓް ތާނީ މޯލްޑިވްސް އާ ވާދަކޮށް ސީދާ 3 ސެޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ ދިމުތު އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ފޯ ސީޒަން މޯލްޑިވްސް ލަނޑާ ގިރާވަރު ރިސޯޓް ނުކުންނާނީ ސޮނެވާފުއްޓާ ދެކޮޅަށެވެ․ މި މެޗު ކުޅޭނީ ފޯ ސީޒަންގަ އެވެ.
މި ޒޯނުން ދެން މި މުބާރާތުގައި ވާދަކުރަނީ ފިނޮޅު ރިސޯޓެވެ․
މިދިޔަ އަހަރުގެ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ އަނަންތަރާ ކިހަވައް ވިލާސް އިންނެވެ․