ކުޑަރިކިލު ކުނި މެނޭޖުކުރާ ސެންޓަރު އަޕްގްރޭޑް ކުރަން ބަޔަކާ ހަވާލުކޮށްފި

މީދޫ އަދި ކުޑަރިކިލު ކުނި ކޮށި އަޕްގްރޭޑް ކުރަން އައިއެސްއެފް ކޮންސްޓްރަކްޝަން އާ ހަވާލުކުރަނީ. -
މީދޫ އަދި ކުޑަރިކިލު ކުނި ކޮށި އަޕްގްރޭޑް ކުރަން އައިއެސްއެފް ކޮންސްޓްރަކްޝަން އާ ހަވާލުކުރަނީ. –

ބ. ކުޑަރިކިލު ކުނި މެނޭޖްކުރާ ސެންޓަރު އަޕްގްރޭޑް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމީޔާތެެއްގައި ކުޑަރިކިލު ކުނި މެނޭޖްކުރާ ސެންޓަރު އަޕްގްރޭޑް ކުރުމަށް ހަވާލުކޮށްފައިވަނީ އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މިއަހަރުގެ ތެރޭގައި ކުޑަރިކިލު ކުނި ކޮށްޓާއެކު ރ މީދު ކުނިކޮށި އަޕްގްރޭޑް ކޮށް ނިންމަން އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 823،000ރ ރުފިޔާ އަށެވެ. މި މަޝްރޫއުއަށް ޚަރަދުކުރަނީ ޕީއައިއެސްއައިޕީގެ ޕްރޮޖެކްގެ ދަށުންނެވެ.

އެންވާރަމެންޓް މިނިސްޓްރީން ބުނިގޮތުގައި ކުޑަރިކިލު ކުނިކޮށީގެ މަސައްކަތް އެއްކޮށް ނިމޭއިރު މިއަތޮޅުގެ އެހެން ރަށްތަކުގައި ގާއިމްކޮށްފައި ހުރި ކުނިކޮށިތަކާ އެއް ފެންވަރަށް ކުނި ކޮށި އަޕްގްރޭޑްވާނެ ކަމަށެވެ. މި މަސައްކަތަކަށް ބޭނުންވާ އިކުއިޕްމަންޓުތައް މިހާރު ކުޑަރިކިލަށް ފޮނުވާފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހަފްތާގައި އެންވާރަމެންޓު މިނިސްޓްރީން ވަނީ ނ، ރ، ބ އަދި ޅ އަތޮޅުގެ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރަން ރ. ވަންދޫގައި ގާއިމްކުރި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ވެމްކޯއާ ހަވާލުކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.