14 އަހަރަށް ޖަލަށްލި އޭދަފުށީ މީހަކު ހައިކޯޓުން މިނިވަން ކޮށްފި

big_vSgbT6m8Qkr5IWq

ކުޑަ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއްގައި 14 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ބާތިލުކޮށް، އެ މީހާ ހައިކޯޓުން އިއްޔެ މިނިވަންކޮށްފި އެވެ.

ބ. އޭދަފުށީ މުޝްތަރީގޭ ފަތުހުﷲ އަބްދުﷲ 14 އަހަރަށް ޖަލަށްލާން އޮކްޓޯބަރު 2014 ގައި އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކުށް ސާބިތުވުމުންނެވެ.

ނަމަވެސް ފަތުހުﷲގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން އިއްޔެ ވަނީ އޭނާ 14 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.

ޖަލުގައި 1 އަހަރާއި 8 މަހަށްވުރެ ގިނަ ދުވަސް ހޭދަކުރި ފަހުން ހައިކޯޓުން އޭނާގެ ހުކުމް ބާތިލްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިއްތިފާގުންނެވެ.

ހައިކޯޓުގެ ހުކުމުގައިވަނީ ފަތުހުﷲ އަބްދުﷲގެ މައްޗަށް ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާފައިވާ ކަމަށް ސަރީއަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 14 އަހަރަށް ޖަލަށްލާން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.