ދުނިޔޭގެ ފެންވަރުގެ އެވޯޑާއެކު ބ. އަތޮޅުގެ ދެ ދަރިވަރަކު އެންމެ އުހަށް

އޯލެވެލް އިމްތިހާނުން މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންނާއެކު ރައީސް ޔާމީން ފޮޓޯއަކަށް ހުއްޓިވަޑައިގެން
އޯލެވެލް އިމްތިހާނުން މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންނާއެކު ރައީސް ޔާމީން ފޮޓޯއަކަށް ހުއްޓިވަޑައިގެން

މިދިޔަ އަހަރު ސާނަވީ އިމްތިހާންގައި ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ވަނައިގެ ތެރޭގައި ބ. އަތޮޅުގެ ދެ ދަރިވަރަކު ހިމެނި، މުޅި ރާއްޖެއިން އެއް ވަނަ ހޯދައިފި އެވެ.

އެއީ ބ. އޭދަފުށީ ރެޑްލީފް، އައިޝަތު ނަޝާޔާ އާއި ބ. މާޅޮހު ބާދަލު، ފާރިއު އަފްރާހު އެވެ.

އަމީނިޔިއްޔާ ސްކޫލުން އޯލެވެލް ނިންމި ނަޝާޔާ އިކޮންމިކްސް އިން މުޅި ދުނިޔެއިން 6 ވަނަ ހޯދިއިރު، ބ. މާޅޮހު މަދަރުސާއިން މިދިޔަ އަހަރު އޯލެވެލް ނިންމި ފާރިއު ވަނީ ކޮމާސް އިން މުޅި ދުނިޔެއިން 6 ވަނަ ހޯދައިފަ އެވެ. ފާރިއު ވަނީ ކޮމާސް އިން މުޅި ރާއްޖެއިން އެއްވަނަވެސް ހޯދައިފަ އެވެ.

މުޅި ރާއްޖެއިން ހުރިހާ މާއްދާއަކުން “އޭ” ފާސް ހޯދައިގެން 74 ދަރިވަރަކު ވަނީ އެއް ވަނަ ހާސިލްކޮށްފަ އެވެ. ގަދަ 10 ގައި މިފަހަރު 500 އެއްހާ ކުދިން ވަނީ ހިމެނިފަ އެވެ. އޭގެ ތެރެއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 12 ދަރިވަރުންނާއި މިއަތޮޅު ބައެއް ސްކޫލުތަކުގެ ދަރިވަރުންނާއި މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޯލެވެލް ނިންމި މިއަތޮޅަށް ނިސްބަތްވާ ކުދިން އޯލެވެލް ގަދަ 10 ގައި ހިމެނިފައިވެ އެވެ.

ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ވަނަތައް ހޯދި ހުރިހާ ދަރިވަރުންނަށްވެސް އީޓީ ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.