ބ. ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށްދާ “ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2016” ފައިނަލުން އެފްސީ ރިއަލް އާއި އެފްޓީ ރީޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.
ފަސް ޓީމު ބައިވެރިވި މި މުބާރާތުގެ ފައިނަލުން އެފްސީ ރިއަލް 10 ޕޮއިނޓާ އެކު ޖާގަ ހޯދި އިރު އެފްޓީ ރީޔުނައިޓެޑް ފައިލުން ޖާގަ ހޯދީ 9 ޕޮއިންޓާ އެކުއެވެ.
ފައިނަލު މެޗުން އޮންނާނީ މިރެ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަމަދޫ ކައުންސިލުން 5000ރ. ހުށަހަޅާފައިވާއިރު، ރަނާ އަޕް ޓީމަށް 2000ރ. ވަނީ ހުށަހަޅައިފަ އެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ބ. އަތޮޅު ކައުންސިލު އިދާރާ އެވެ. ކޯ ސްޕޮންސަރުންނަކީ ކަމަދޫ ޑޭމާޓް ފިހާރަ، ސްލެކްސް ޕްރައިވެޓް ލިމިޓެޑް، މިސްޓަރ ބްރަދާސް ޕްރިވެޓް ލިމިޓެޑް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އެވެ.
މިއީ ކަމަދޫ ކައުންސިލުން މި މުބާރާތް ބާއްވާ 4 ވަނަ ފަހަރެވެ.