ހަނިފަރު ސަރަހައްދުގައި ހުއިފިލަނޑާ ނަގަން އުޅުނު ބަޔަކު އަތުލައިގެންފި

ހަނިފަރު ސަރަހައްދުގައި ހުއިފިލަނޑާ ނަގަން މިރޭ އުޅުނު ދޯނި އަތުލައިގެންފައި. ފޮޓޯ/ ބަޔޮސްފިއާ ރިޒާވް އޮފީސް
ހަނިފަރު ސަރަހައްދުގައި ހުއިފިލަނޑާ ނަގަން މިރޭ އުޅުނު ދޯނި އަތުލައިގެންފައި. ފޮޓޯ/ ބަޔޮސްފިއާ ރިޒާވް އޮފީސް

ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ބ. އަތޮޅު ހަނިފަރުން ސަރަހައްދުގައި ހުއިފިލަނޑާ ނަގަން އުޅުނު ބަޔަކު ހޯދަމުން އެބަ ގެންދެ އެވެ.

މިރޭ އިރާކޮޅު އެ ސަރަހައްދަށް ވަދެ އުޅެނިކޮށް ބ. ދޮންފަނު ކައުންސިލުންނާއި ކިހާދު މޯލްޑިވްސް ރިސޯޓުން ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުންނާއި ބަޔޮސްފިއާ ރިޒާވް އޮފީހުން އެ ސަރަހައްދު މޮނީޓާ ކުރުމުންދަނިކޮށް ހަނިފަރު ސަރަހައްދުގެ ކޯ އޭރިއާގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނި ގޮތުގައި މިރޭ އެ ސަރަހައްދުން އަތުލައިގެންފައިވަނީ ނ . ލަންދޫ ދޯންޏެކެވެ.

ހަނިފަރު ބަލަހައްޓަމުން އަންނަނީ ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަޔޯސްފިޔާ ރިޒާވްގެ އޮފީހުންނެވެ. އަދި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ހަނިފަރު ސަރަހައްދަށް ވަދެ ވެސް ނޫޅެވެ އެވެ.

ހަނިފަރަކީ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ މުއްސަނދިކަން ލިބިފައިވާ އަދި ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ މުހިއްމު މަންޒިލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.