އެންމެފަހުގެ ޗެމްޕިއަން އާއި ރަނަ އަޕް ކަޓައިފި

ޕޮލިހާއި ފޭސް މެޗް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ / އަބޫ ޔައުލާ
ޕޮލިހާއި ފޭސް މެޗް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ / އަބޫ ޔައުލާ

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ “މައިލޯ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް 2013” މުބާރާތުން އެންމެފަހުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒާއި ރަނަ އަޕް ޕޮލިސް ޓީމު ކަޓައިފި އެވެ.

ކޮންބައިން ނުކޮށް މި މުބާރާތަށް ނުކުތް މި ދެ ޓީމު ކެޓީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ. އިއްޔެ ހަވީރު އީ-ކަތަ  އާ ދެކޮޅަށް ކުޅުނު މެޗުން ތައުލީމީ މަރުކަޒު ބަލިވީ 5-0 އިން ނެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ފޭސް ބެޗް ޓީމާއި ޕޮލިސް ބައްދަލު ކުރި މެޗުން، ޕޮލިސް ބަލިވީ 3-1 އިންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލު މެޗުތައް މިއަދު ހަވީރު ފަށާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ޓީމު ޑަބްލިޔު އޭސީ އާ ދެކޮޅަށް ނުކުންނާނީ ޓީމު ޔުނައިޓެޑެވެ. ދެވަނަ މެޗުގައި ފޭސް ބެޗް އާއި ދެކޮޅަށް ނުކުންނާނީ އީ-ކަތަ އެވެ.

މި މުބާރާތުގެ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. engineer

    ހާދަ ދެރައޭ ބްރޯމެން ކެޓީމަ. ދެން އަންނަ ފަހަރަކުން ރަގަޅު ކުރާތި. މިހާރުއްސުރެ ފެށިގެން ޕްރެކްޓިސް ކުރަންވީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.