އޭދަފުށީގައި ފެށި ގާރީ ކޯހަށް ބޮޑު ތަރުހީބެއް

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އޭދަފުށީގައި ފެށި ގާރީ ކޯހުގެ ތެރެއިން
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އޭދަފުށީގައި ފެށި ގާރީ ކޯހުގެ ތެރެއިން

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އޭދަފުށީ ކައުންސިލް ގުޅިގެން ޤާރީ ކޯހެއް ފަށައިފިއެވެ.

އޭދަފުށީގައި ހުންނަ ކިރީތި ގުރުއާނާބެހޭ މަރުކަޒުގެ ގޮފީގައި ހިންގާ ސެޓްފިކެޓް ލެވްލް 1 ގެ މިކޯހުގައި 55 މީހުންވަނީ ބައިވެރިވެފަ އެވެ.

ދެ ކްލާހަކަށް ބަހާލައިގެން، ހަފްތާއަކު ތިން ރޭ ކްލާސްތައް ކުރިއަށް ގެންދާ މިކޯހަކީ 2 މަސްދުވަހުގެ މުއްދަތައް ހިންގާ ކޯހެކެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އޭދަފުށީގައި ފެށި ގާރީ ކޯހުގެ ތެރެއިން
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އޭދަފުށީގައި ފެށި ގާރީ ކޯހުގެ ތެރެއިން

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ މުޅިން ހިލޭ ހިންގާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ އައްޝައިޚް އަބްދުލް މަޖީދު މުހައްމަދު އެވެ

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ބ. އޭދަފުށިގައި ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ އޭދަފުށީ ގޮފީގައި ގުރުއާނާއި ދީނީ އިލްމާ ގުޅުން ހުރި ކޯސްތަކުގެ އިތުރުން، ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި ޖަމާއަތްތެރިން ތަމްރީނު ކުރުމުގެ ކޯސްތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.