މިއަހަރު ބާއްވާ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތައް ތައްޔާރުވުމުގެގޮތުން ބ. އޭދަފުށީ ކައުންސިލުން ރަށު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތެއް މިރޭ ފަށާނެ އެވެ.
އޭދަފުށީ ކައުންސިލުން ބުނީ ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި ރަށުގައި ހިންގާ ސްކޫލް ތަކަށާއި ގުރުއާން ކްލާސް ތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ތައުލީމީ މަރުކަޒުގެ އިތުރުން ބަހިއްޔާ ޕްރީ ސްކޫލުންނާއި ތުތިޔަ ސްޕެސަލް ގުރުއާން ކުލާހުން 45 ދަރިވަރުން ވާދަކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.


ތިޔައީ މޮޅު ޤުރުއާން މުބާރާތެއް ތި ވަރުގެ މުބާރާތެއް އަދި މިދުނިޔޭގެ އެއްވެސް ތަނެއްގައި މިވީހާ ތަނުގައި ބޭއްވިފައެއް ނެތް ސާބަހޭ ކައުްނސިލަރުންނަށް…………………….