ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރިޔަށްގެންދާ އެންމެ ވާދަވެރި ވޮލީބޯޅަ މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 5 ގެ ސެމީ ފައިނަލުގައި ސޮނެވާ ބަލިކޮށް، މުބާރާތުގެ ފައިނަލުގައި އަނަންތަރާއާ ވާދަކުރުމުގެ ފުރުސަތު ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރު އަނަންތަރާ އިން މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ސޮނެވާ ބަލިކުރުމަށްމަހު އެވެ.
އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ސޮނޭވާގެ މައްޗަށް ލަނޑާ ގިރާވަރު ކުރި ހޯދާފައި ވަނީ ވާދަވެރި ކުޅުމަކަށް ފަހު، 3-2 ސެޓުންނެވެ. ސެޓުތައް ލަނޑާ ގިރާވަރުން ގެންގޮސްފައި ވަނީ 18-25، 25-21، 25-18، 18-25 އަދި 12-15 އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ލަނޑާ ގިރާވަރުގެ އަކްރަމް އަބްދުﷲ އެވެ.
މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އަނަންތަރާ ކިހަވައް ވިލާސްގަ އެވެ.