ޑަބްލިޔު އޭސީ އާއި ފޭސް ބެޗް ފައިނަލަށް

ފޭސް ބެޗް އާއި އީ-ކަތަ ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ
އީ-ކަތަ އާއި އީ-ކަތަ ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ

މައިލޯ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖުގެ ފައިނަލަން ޑަބްލިޔު އޭސީ އާއި ފޭސް ބެޗް ދަތުރުކޮށްފި އެވެ.

ވަތަނިއްޔާ އާއި އަތޮޅު ކައުންސިލް އިދާރާ ކޮމްބައިންކޮށް ނަގާފައިވާ ޑަބްލިޔު އޭސީ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޓީމު ޔުނައިޓެޑް އަތުން 6-1 އިން މޮޅުވެގެންނެވެ. މި މެޗުގައި ޑަބްލިޔު އޭސީ އަށް ފަތީން ޚާލިދު އާއި ހައްފާފު ސިދުގީ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު ފާސިރު އާއި ހަމްދާންވެސް ވަނީ އެ ޓީމަށް ލަނޑު ޖަހައިދީފައެވެ. ދިރާގު/ވިލާ ކޮލެޖް/ބައޮސްފިއާ ގުޅިގެން ނަގާފައިވާ ޓީމު ޔުނައިޓެޑް އަށް ސުން ކަނޑުވާލެވުނީ ޑަބްލިޔު އޭސީގެ މުހައްމަދު ފާސިރު އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ބެންކް/ހޮސްޕިޓަލް/ޖެންޑާ/ރަށު ކައުންސިލް ކޮމްބައިންކޮށް ނަގާފައިވާ ފޭސް ބެޗް ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޔުޓިލިޓީ/އެސްޓީއޯ/ކޯޓް ގުޅިގެން މުބާރާތަށް ނުކުތް އީ-ކަތަ ޓީމު އަތުން 2-1 އިން މޮޅުވެގެންނެވެ. މި މެޗުގައި ފޭސް ބެޗް ޓީމަށް ދެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އިޝާން އިބްރާހީމް އެވެ. އީ-ކަތަ އިންޖެހި ހަމައެކަނި ލަންޑު އެޓިމަށް ޖަހައިދިނީ އަލީ ޝަފީގު އެވެ.

ޑަބްލިޔު އޭސީ އާއި ފޭސް ބެޗް ވާދަކުރާ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ހުސައިން

    ބްރޯ މި ލިޔުމުގަ ކީއްވެ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވާހަކަ ނުޖެހީ…. ކަޓައިގެން ދިޔައީމަ ދޯ… ކީއްކުރަން ހާރިސް ވަކިކުރީ. ހުރިހާ ވެސް މައްސަލައަކީ އެއީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.