ބ. އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލުތަކަށް އެވޯޑްދީފި

ބ.އަތޮޅުން ހޮވުނު އެންމެ ހިންގުންތެރި ކައުންސިލްކަމަށް ހޮވުނު ކުޑަރިކިލު ކައުންސިލަށް އެވޯޑް ދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ.އަތޮޅުން ހޮވުނު އެންމެ ހިންގުންތެރި ކައުންސިލްކަމަށް ހޮވުނު ކުޑަރިކިލު ކައުންސިލަށް އެވޯޑް ދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އަތޮޅުން މިދިޔަ އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް އަތޮޅު ކައުންސިލު އިދާރާއިން ރޭ އެވޯޑް ދީފި އެވެ.

ރަންނާ އެވޯޑް” ދިނުމަށް ރޭ ބޭއްވި ޖަލްސާގައި މި އެވޯޑް ވަނީ އެންމެ ރަނގަޅު ރަށު ކައުންސިލްތަކުގެ އިތުރުން އެންމެ ރަނގަޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަދި ރިސޯޓްތަކަށްވެސް ދީފަ އެވެ.

މިއަތޮޅު ރަށްރަށުގެ ކައުންސިލުތަކުގެ ތެރެއިން އެއް ވަނަ ކައުންސިލަކަށް ހޮވުނީ ކުޑަރިލު ކައުންސިލެވެ. ދެވަނަ ކައުންސިލަކަށް މާޅޮހު ކައުންސިލް ހޮވުނުއިރު ތިން ވަނަ އަށް ހޮވުނީ ގޮއިދޫ ކައުންސިލެވެ.

އެއްވަނަ ކައުންސިލަށް ފައިސާގެ އިނާމުގެ ގޮތުގައި 50000ރ ދީފައިވާއިރު ދެވަނަ ކައުންސިލަށް 30،000 އަދި ތިންވަނަ ކައުންސިލަށް ދީފައިވަނީ 20،000 ރުފިޔާ އެވެ.

ބ. އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮތުގައި، ހޮވުނީ، ކުޑަރިކިލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. އެކޮމިޓީއަށް އެވޮޑްގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި ފަންސަވީސް ހާސް ރުފިޔާ ދީފައިވެ އެވެ.

ރަންނާ އެވޯޑް ޖަލްސާގެ ތެރެއިން | އީޓީ ފޮޓޯ:ތޯރިގް
ރަންނާ އެވޯޑް ޖަލްސާގެ ތެރެއިން | އީޓީ ފޮޓޯ:ތޯރިގް

މީގެ އިތުރުން ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓްތައްވެސް ވަނީ ހޮވައި އެވޯޑް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދުސިޓް ތާނީ މޯލްޑިވްސްއާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.

ވަނަތަކަށް ހޮވުނު ކައުންސިލްތަކަށާއި އަންހެނުން ކޮމެޓީ އަދި ރިސޯޓްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ޙުސައިން އަދި ޕަބްލިކް ސަރވިސް މީޑިޔާގެ ޗީފް ކޮންޓެންޓް އޮފިސަރު އިބްރާޙީމް ރަޝީދުއެވެ.

ރަންނާ އެވޯޑަކީ، ބ.އަތޮޅަށް ދިގުމުއްތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި ޚިދުމަތްތައް ތަފާތު ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުގެ ގޮތުން ކައުންސިލުން ދެއްވާ އެވޯޑެކެވެ. މި އެވޮޑުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީ ބ.އަތޮޅަށް ދިގުމުއްތަކަށް ޚިދުމަތްކުރެއްވި ބ. ތުޅަދޫ އިބްރާހިމް ޒުބައިރު އަށާއި އޭދަފުށި އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު އަށެވެ.

ރަންނާ އެވޯޑް ޖަލްސާ |އީޓީ ފޮޓޯ:ތޯރިގް
ރަންނާ އެވޯޑް ޖަލްސާ |އީޓީ ފޮޓޯ:ތޯރިގް

ރަންނަ އެވޯޑު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައްކޮށް، ބ. އަތޮޅަށް ރީތި ނަން ހޯދައިދީގެން 37 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަންނާ އެވޯޑް ހަފްލާގައި ރަނގަޅު ކައުންސިލްތަކަށް އެވޯޑް ދޭން ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.