ދިރާގުގެ ފައިބަރ ނެޓްވޯކް މާފުށީގައި ގާއިމްކޮށް ނިންމައިފި

Maafushi_island

ދިރާގުގެ ފައިބަރ ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން ކ. މާފުށީގައި ފައިބަރ ނެޓްވޯކް ގާއިމްކޮށް ނިންމައިފިއެވެ.

ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ އިންޓަނެޓްގެ ހިދުމަތް އެރަށުގެ ހުރިހާ ގެތަކަށާއި ވިޔަފާރިތަކަށް މި ނެޓްވޯކް ގާއިމް ކުރެވުމުން ލިބިގެންދާނެއެވެ.

މިހާރުވެސް މި ހިދުމަތަށް މާފުށީގެ ގިނަ ވިޔަފާރިތަކަކާއި ގެތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ބޮޑު ތަރުހީބެއް މި ހިދުމަތަށް ލިބޭކަމަށް ދިރާގުން ބުނެއެެވެ. އަދި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މި ފެށޭ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ހާއްސަ ޕްރޮމޯޝަނަކާއެކު މާފުށީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑުގައި 100 އެމްބީޕީއެސްއާ ހަމަޔަށް އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްތައް މާފުށީގެ ހުރިހާ ކަސްޓަމަރުންނަށް މިހާރުވެސް ފުރިހަމަޔަށް ލިބެމުން ދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މާލެއާއި ހުޅުމާލެއަށް ދިރާގުން ފައިބަރ ނެޓްވޯކް ގާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރިކޮށްދެއެވެ . މާފުށި ވެގެންދާނީ މި ދެ ސަރަހައްދުގެ އިތުރުން ފުރިހަމަ ފައިބަރ ނެޓްވޯކެއް ގާއިމު ކުރެވި ހިދުމަތް ދޭންފެށޭ ރާއްޖޭގެ ފުރަތަމަ ރަށަށެވެ.

މާފުށީގައި ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުމަށް ނިންމަވާފައިވާއިރު ދިރާގުން ވަނީ މި މަހުގެ ތެރޭގައި އެ ކުންފުނިން ފޯރުކޮށްދެމުންގެންދާ ފައިބަރ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ޕެކޭޖްތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.