ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ނުފެށި ލަސްވަނީ އިސްލާމިކް އެފެއަރޒް މިނިސްޓްރީން އެއްބާރުލުން ނުލިބިގެން: ފެމެލީ ސެންޓަރ

ި: ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލު ކުރުމުގައި އެ ސެންޓަރުގެ އިސްވެރިން، ނޫސްވެރިންނަށް މަޢުލޫމާތު ދެނީ .–ފޮޓޯ / މުހައްމަދު އަފްރާހް

ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރ އިން ރާވާ ހިންގަން އުޅުނު ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމު ނުފެށި ލަސްވަނީ އިސްލާމިކް މިނިސްޓްރީން އެއްބާރުލުން ނުލިބެގެން ކަމަށް ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރުގެ ސޯޝަލް ސާވިސް އޮފިސަރ ޢަބްދުﷲ އަޝްރަފް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެ ސެންޓަރަށް އަހަރެއް ފުރުމާ ގުޅިގެން މީޑިޔާ އަށް މަޢުލޫމާތު ދިނުމަށް މިދިޔަ ބްރާސްފަތި ދުވަހު އެ ސެންޓަރުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

8 މެއި 2008 ގައި ހުޅުވުނު އެ ސެންޓަރުން މިހާތަނަށް ކުރެވުނު ކަންތަކާއި ކުރިއަށް ރޭވިފައި ހުރި ކަންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަޝްރަފު ވިދާޅުވީ އެ ސެންޓަރަށް ހުށަހެޅޭ މައްސަލަތައް ހައްލު ކުރުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމުތަކެއް ރޭވުނު ކަމަށް ވިއަސް ކުރިއަށް ނުގެންދެވުނީ އިސްލާމިކް އެފެއާރޒު މިނިސްޓްރީން އެ ކަމަށް އެއްބާރުލުން ނުލިބުމުން ކަމުށާއި ގާތްގަޑަކަށް ދޮޅު މަހެއްހާ ދުވަހު މަސައްކަތް ކުރި އިރު ވެސް އެ މިނިސްޓްރީން ޖަވާބެއް ނުލިބުނު ކަމަށެވެ.

“މިނިސްޓްރީ އަށް ރަސްމީކޮށް އެދުނިން ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ހިންގައިދޭން ބޭފުޅުން މި ކޮޅަށް ފޮނުވައިދިނުމަށް. އަޅުގަނޑުމެން އެދުނީ އައްޝޭޚް އިލްޔާސް ޙުސައިން އިބްރާހިމް ނުވަތަ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަހީމު އަލީ ސައީދު ފޮނުވައި ދިނުމަށް. އެހެން ނަމަވެސް މި ދުވަސްވަރަކީ ކެމްޕޭން ދުވަސްވަރަށް ވާތީ ވެސް ކަންނޭނގެ ދިގުލާ ދަނީ،” ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އަޝްރަފު ވިދާޅުވި އެވެ.

އެންމެ ފަހުން އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުން ނުލިބުމުން މި ވަގުތަށް އެ ޕްރޮގްރާމު މަޑުޖައްސާލާފައިވީ ނަމަވެސް ރޯދަ މަހު އަލުން ފަށަން ގަސްދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އަލުން އެ ޕްރޮގްރާމު ފަށާނީ ވެސް ހަމަ އިސްލާމިކް މިނިސްޓްރީ އާ ގުޅިގެންތޯ ނުވަތަ އެހެން ބަޔަކާ ގުޅިގެންތޯ ސުވާލު ކުރުމުން ޢަބްދުﷲ ވިދާޅުވީ “ދެން ވެސް މިނިސްޓްރީން ކޮށްދެއްވަން ތިއްބެވި ނަމަ މަރުޙަބާ ކިޔާނެ” ކަމަށާއި ނޫން ނަމަ ދީނީ ނަސޭޙަތް ދޭ އެހެން ޖަމާޢަތަކާ ގުޅިގެން ނަމަވެސް ރޯދަ މަހު ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމަށެވެ.

ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރުން މި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި ޚާއްސަކޮށް އުތުރު ޕްރޮވިންސްގައި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި މި ފަދަ ފުރަތަމަ ބައްދަލުވުމެވެ.

މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.