އެމްޑީޕީގެ ގެސްޓު ހައުސް ސިޔާސަތު އޭދަފުށީގައި އިފްތިތާހުކޮށްފި

MDP

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފުޅާކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތު މުޅި ރާއްޖޭގައި އިފްތިތާހުކުރުމަށް މިއަދު ކުރިއަށްގެންދިޔަ ޕްރޮގްރާމް އޭދަފުށީގައިވެސް ކުރިއަށް ގެންގޮސްފި އެވެ.

މިއަދު ހަވީރު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮތް ރަސްމިއްޔާތެއްގައި ގެސްޓު ހައުސް ވިޔަފާރި ސިޔާސަތު އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދު އެވެ.

ގެސްޓު ހައުސް ވިޔަފާރި އޭދަފުށީގައި އިފްތިތާހު ކުރުމަށްފަހު ނާޒިމު ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރި ރާއްޖޭގައި ކުރާތާ ޒަމާން ތަކެއް ވެއްޖެ ކަމަށާއި އެހެންނަމަސް އާއްމު ރައްޔިތުމީހާ އަށް އެންމެ އެކަށީގެންވާ ފައިދާ މިކަމުގައި ކޮށްފައި ނުވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި މި ވިޔަފާރި ހިންގުމުން ބޮޑެތި ފައިދާ ތަކެއް އާއްމު ރައްޔިތު މީހާ އަށް ލިބިގެން ދާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ. އަދި ކ މާފުށީ ގައި ވަރަށް ކާމިޔާބު ކަމާއެކު މި ވިޔަފާރި ކުރާކަން ފާހަގަ ކުރައްވައި އެރަށަށް މިކަމުގެ ސަބަބުން ލިބެމުންދާ ފައިދާތަކުގެ މައްޗަށް ވާހަކަދެއްކެވި އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލަމުން އަންނަ މެނިފެސްޓޯގެ މުހިއްމު ވައުދެއް ކަމަށްވާ ގެސްޓު ހައުސްގެ ވިޔަފާރީގެ ސިޔާސަތު ރާއްޖޭގެ 20 ސަރަހައްދެއްގައި މިއަދު ހަވީރު ވަނީ އިފްތިތާހުކޮށްފައެވެ. އެއީ މި ޕްރޮގްރާމު ރަސްމީކޮށް އިފްތިތާހުކުރި ލ. ގަމުގެ އިތުރުން  ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފުލިދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލެ އެވެ. ގަމުގަ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވާ ވަގުތާ އެކުއެކީ އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާހުކޮށް ދެއްވާނީ އެ މަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަޝީޕުގެ ބޭފުޅުންނެވެ.

އެގޮތުން ލ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން އެމްޑީޕީގެ މި ސިޔާސަތާބެހޭގޮތުން ވަނީ ވާހަކަ ދައްކަވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. meesha

    ސާބަހޭ ލޯބިވާ މުހައްމަދު ނަސީދު ތީ ވެރިންނަކީ އެއުޅެނީ ކަންކަމަށް ހަޖަމް ނުކުރެވިގެން އަޅާ ނުލާ………………………….

    ރައްދު
  2. engineer

    ރާއްޖޭގައި ގެސްޓްހައުސް ވާހަކަދައްކާފަ ބޭރު ނޫސްތަކުގައި ޓުއަރިޒަމް ބޮއިކަޓް ކުރަން ގޮވާލަނީ ކޮންބައެއް؟ ސިޔާސީ ބޭފުޅުން މިހާރު ދައްކާނެ ވާހަކަ ހުސްވީތަ؟

    ރައްދު
  3. Waheed

    ކެނެރީގެ ނަޝީދު ރާއްޖެއާއި ރާއްޖޭން ބޭރުގައި ގޮވަމުންދަނީ ރާޖޭއަށް ޓޫރިސްޓުން ނައުމަށް މިއީ ޙަޤީޤަތުގައި ސަރުކާރަށް ކުރާޖެއްސުމެއްނޫން ރާއްޖޭގެ ރައްޔިތުންނަށް ސީދާގޮތުން ގެއްލުން ދިނުމަށް ކުރާކަމެއް މިހާރު ކިޔަމުން އެދަނީ ރަށްރަށުގައި ގެސްޓް ހައުސް އަޅާވާހަކަ އެނެއްކޮޅުން ބުނަމުން މިދަނީ ރާއްޖެއަށް ގެސްޓުން ނާންނާށޭ،މިއީ ބޮޑުޖޯކެއް ދޯ ރައްޔިތުން ހޭއަރާ ރަނގަޅަށް ވިސްނަންވެއްޖެ. މީނިގެ ވަކިތަކުން މި ޤައުމު ސަލާމަތްކުރުމަށް…….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.