އޭދަފުށީގައި ހުރި ސަރުކާރު/އޮފީސް ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މައިލޯ އިންޓަ އޮފީސް ފުޓްސަލު ޗެލެންޖުގެ ޗެމްޕިއަންކަން ބެންކް، ހޮސްޕިޓަލް، ޖެންޑާއަދި ރަށު ކައުންސިލް ކޮމްބައިންކޮށް ނަގާފައިވާ ފޭސް ބެޗް ޓީމު އިއްޔެ ހޯދައިފި އެވެ.
ފައިނަލުގައި ވަތަނިއްޔާ އާއި އަތޮޅު ކައުންސިލް އިދާރާ ކޮމްބައިންކޮށް ނަގާފައިވާ ޑަބްލިޔު އޭސީ އާ ވާދަކޮށް ފޭސް ބެޗް ޗެމްޕިއަންކަން ހޯދީ 4-3 އިން މޮޅުވެގެންނެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޑަބްލިޔު އޭސީ ޓީމުގެ މުހައްމަދު ފާސިރު އެވެ. އޭނާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޑަބްލިޔު އޭސީގެ ފަތީން ޚާލިދު އާއި ފޭސް ބެޗުގެ ގޯލް ކީޕަރު އަހުމަދު ޝާހިރު އާއި އިޝާން އިބްރާހިމް އާއި ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތޮލާލު އަބްދުއްރަހްމާން އެވެ.
ފެއާ ޕްލޭ ކުޅުންތެރިޔަކަށް ޑަބްލިޔު އޭސީގެ ހައްފާފު ސިދުގީ ހޮވުނުއިރު ފެއާ ޕްލޭ ޓީމަކީ އެކަތަ ޓީމެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފޭސް ބެޗުގެ އަބްދުލް ވާހިދު ހުސައިން އެވެ.
މުބާރާތުގެ ޗެމްޕިއަންޓީމަށް ޓްރޮފީ އާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނޯތް ޕޮލިސް ޑިވިޒަންގެ ކޮމާންޑަރ އިންސްޕެކްޓަރު އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެވެ.