ލޭ މައްޗަށް ދިއުމާއިގުޅިގެން ހިތުގެ ބަލިތަކުގައި މަރުވާމީހުން ރާއްޖޭގައި ގިނަވަނީ

heart

 

މުޙައްމަދު އަފްރާޙް -މާޅޮސް

ލޭ މައްޗަށް ދިއުމާއިގުޅިގެން ހިތުގެ ބަލިތަކުގައި މަރުވާ މީހުން ރާއްޖޭގައި ގިނަވަމުން އަންނަ ކަމުގައި ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ، އެކި ދުވަސްވަރު ރާއްޖޭގައި ކުރި ސިއްޙީ ދިރާސާތަކާ ހަވާލީދީ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ލޭ މައްޗަށް ގޮސްގެން ހިތާއި ލޭހޮޅިތަކާ ގުޅޭ ނުރައްކަތެރި ބަލިތަކުގައި މަރުބަމުން އަންނަ މީހުން ރާއްޖޭގައި ގިނަވަމުން އަންނަ ކަމުގައެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ 2008  ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިންގެ ތެރެއިން 30 ޕަސެންޓް ފިރިހެނުން ލޭ މައްޗަށް ދާ ކަމުގަ އެވެ. އަދި އަންހެނުންގެ 33 ޕަސެންޓް ލޭ މައްޗަށް ދާ ކަމުގައިވެސް އެ ހިސާބުތަކުން ދައްކާ ކަމުގަ އެވެ.

މީގެ އިތުރުން އެ ބަޔާނުގައިވާ ގޮތުގައި، ލޭ މައްޗަށް ދިއުން ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހި ކުރުވާ އާދަތައް ކަމުގައިވާ ފަލަވުމާއި ސިއްޙަތަށް ފައިދާ ހުރި ކާނާ ނުކެއުމުގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން ދިވެހިންގެ ތެރޭގައި ޢާއްމުވެފައިވާ ކަމުގައިވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ލޭ މައްޗަށް ދިއުމަކީ ދިނިޔޭގައިވެސް މިހާރު ބޮޑުވަމުން އަންނަ ސިއްޙީ މައްސަލައެކެވެ. އެގޮތުން ބޮޑެތިމީހުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކެއްގެ ގައިގާ އެ ބަލި ހުންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކަ އެވެ. މިހާރު ދުނިޔޭގައި ލޭ މައްޗަށް ދާ މީހުންގެ އާބާދީ ގާތްގަޑަކަށް ބިލިޔަނަކަށް އަރާކަމުގައިވެސް އެ ޖަމިއްޔާގެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް ލޭ މައްޗަށް ދިއުމުގެ ބައްޔަކީ ވަރަށް ޢާއްމު ބައްޔަކަށް ވަނީ ވެފައެވެ.

ދުނިޔޭގެ ސިއްހަތު ދުވަހިގެ މިއަހަރުގެ ޝިޢާރަކީވެސް ” ލޭ މައްޗަށް ދިއު”މެވެ.

ހެލްތު މިނިސްޓްރީ އިން ބުނެފައިވަނީ ” ލޭ މައްޗަށް ދިއުން ” ޝިޢާރެއްގެ ގޮތުގައި އިޚްތިޔާރު ކުރުމުގެ ބޭނުމަކީވެސް އެ ޙާލަތުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ ގޮތުން މަޢޫލޫމާތު ފެތުރުމާއި އެ ބަލިން ރައްކާތެރިވުމަށް ކަންތައްތައް އޮޅުން ފިލުވައިދނުމެވެ.

ލޭމައްޗަށް ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ޢުމުރުން ދޮށިވުމާއި ޢާއިލާގެ ފަރާތުން ވާރުތަވުމުގެ އިތުރުން ފަލަވުމާއި ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުވުމުގެ ސަބަބުން ހަރަކާތްތެރިވެ ނޫޅެވުމާއި ހާސްވެކަންބޮޑުވުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.