ފިތުރު ޒަކާތް ދައްކައިފިންތަ؟ ދިރާގުން ޒަކާތް ދެއްކޭނެ ލުއި ގޮތްތަކެއް!

މިއަހަރުގެ ރޯދަމަސް މުސްލިމް އުންމަތާ ކުރިމަތިލީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިރިއުޅޭ މުސްލިމުންގެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހިފަ އެވެ. ހުރިހާ ކަމެއްހެން ކުރަން ޖެހެނީ އިންޓަނެޓާއި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށެވެ.

މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތައް ލޮކްޑައުން ހާލުތުގައި އޮތުމުގެ ސަބަބުން ޕިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަން ކުރިއަށް ވުރެ ވަނީ ބޮޑުވެފަ އެވެ. އަދި މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް ލުއިފަސޭހަތަކެއް ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގު ޕޭ

ދިރާގު ޕޭ މެދުވެރިކޮށް މިއަހަރުވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް މި ލިންކަށް ޒިޔާރަތް ކޮށްލާށެވެ. އަދި އެއަށްފަހު ތިރީގައި މިވާ ފޮޓޯގައި ހިމެނޭ ބައިތައް ފުރިހަމަ ކުރުމުން ޒަކާތް ދެއްކޭނެ އެވެ.

ޒަކާތް ދެއްކުމުގެ ކުރިން ދިރާގު ޕޭ ވޮލެޓްގައި ނުވަތަ އެކައުންޓުގައި ފައިސާ ހުރިތޯ ވެސް ބަލައިލަން ވާނެއެވެ. ފަސޭހަކަމާއެކު ދިރާގު ޕޭއަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާސް ބޭނުންކުރެވޭނެ އެވެ.

ދިރާގު ޕޭއިން ޒަކާތް ދައްކާނެ ގޮތް

ދިރާގު ނައު އެޕް

ދިރާގުން އަލަށް ތައާރަފުކުރި “ނައުއެމްވީ” އެޕް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެޕް ސްޓޯރ އަދި ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑްކޮށްލެވޭ މި އެޕް މެދުވެރިކޮށް ފިތުރު ޒަކާތްދެއްކުމަށް، އެކަމަށް ކަނޑައަޅާފައިވާ ޓެބަށް ފިއްތާލުމަށްފަހު، އޭގައި ހިމެނޭ ބައިތައް ފުރިހަމަ ކޮށްލާށެވެ. ނައު އެޕް މެދުވެރިކޮށް ފިތުރު ޒަކާތްދެއްކޭނީ ވެސް ދިރާގު ޕޭ ކަސްޓަމަރުންނަށެވެ. ނައު އެޕް މެދުވެރިކޮށް ޒަކާތުގެ އިތުރުން ސަދަގާތްވެސް ދެއްކޭނެ އެވެ.

ދިރާގު ޕްރީޕެއިޑް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު މިއަހަރު ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެސް.އެމް.އެސް. މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ #5*454* އަށެވެ.

ދިރާގު ހިދުމަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ.

ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް އެކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ދިރާގުން އެދެނީ މި ދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.