އުރީދޫ މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ!

ކޯވިޑް19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކުވެސް، މި ރިވެތި އާދަކާދަ ދަމަހައްޓާ، ކޮވިޑް19 ގެ ސަބަބުން ދުރުގައި ތިބި އެންމެ ގާތް އަދި ލޯބިވާ މީހުންނާ ގުޅުވާލަދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް، މޫލީގައި ވަނީ “ޢީދު ހަދިޔާ” ގެ ނަމުގައި ހާއްސަ އޮފަރ އެއް މިއަދު އިއުލާންކޮށްފި އެވެ.

އުރީދޫން ޢީދަށް ޚާއްސަކޮށް ތައާރަފް ކުރި މި އައު ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ ފޮނުވާލެވޭނެއެވެ. ހަދިޔާ ތަކުގެ ތެރެއިން، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސް ގެ އާދަޔާޚިލާފް މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ “ވެރީ ފަޖް ސްޕޭސް ބްރައުނީޒް”، “ކެރަޓް ކަޕްކޭކްސް” އަދި “ހައިބިސްކަސް ކޭކް” ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯރ އަދި ލިންކް ސާރވް އިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުން ‘ތަކެތި’ ފޮތް ވެސް ހިމެނެއެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
  2. ކެޓެގަރީއިން ޢީދު ހަދިޔާ ހިޔާރުކުރައްވާ
  3. ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
  4. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
  5. ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތަށް ދޭން ބޭނުންވާ ހާއްސް މެސެޖް ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖައްސަވާ
  6. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ ލިބުނު ފަރާތްތަކަށް، ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެރިފަރާތަކަށް ސެމްސަންގ ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ. ލަކީޑްރޯ ގައި ބައިވެރިވުމަށް ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރައްވުމަށްފަހު، ހަދިޔާގެ ފޮޓޯއެއް #EidHadhiyaa #DeliveredByMoolee ޖައްސަވާފައި 30 މެއި ގެ 23:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރެއްވުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

އުރީދޫން ބުނި ގޮތުގައި މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ އަށް އޯޑަރުކޮށް ހަދިޔާ ލިބޭފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދެވޭނެއެވެ. ޢީދު ހަދިޔާ ޕެކޭޖްގައި ހިމެނިފައިވަނީ ބައްލަވާގަތް އައިޓަމްގެ އިތުރުން ޢީދު ތަހުނިޔާ ކާޑަކާއި އެކު މޫލީގެ ސްޓިކަރ އެކެވެ. މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށެވެ.   

ރާއްޖޭގެ ކޮންމެ ނެޓްވާރކް އަކުންވެސް މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ ފޮނުވުމަށް މޫލީއިން މަރުހަބާ ކިޔައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.