މަޓާޓޯއާއި އެންބީއޭއެމްގެ ފުޑް ސަޕޯޓް ޕްރޮގްރާމަށް ދިރާގުން އެހީވެއްޖެ

ދިރާގުން މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓްރެވަލް އެޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނެޝެނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ރޯދަމަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރޯދަމަހުގެ އިތުރުން ފިތުރު އީދާއި ޝައްވާލު މަހުގެ ފުރަތަމަ 6 ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

މަޓާޓޯ އާއި އެންބީއޭއެމްގެ މި ޕްރޮގުރާމު ބަލައިގަނެ، މި ކަމަށް އެއްބާރުލުންދޭން ދިރާގުން ނިންމި ސަބަބެއް ކަމަށް އެކުންފުނިން ބުނީ މިއީ މި ދަނޑިވަޅުގައި އިންސާނިއްޔަތަށްޓަކާ ކޮށްދޭ ނުހަނު އަގުހުރި މަސައްކަތަކަށް ވާތީ ކަމަށެވެ.

މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

މި ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައިއެވެ. މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25000 އެއްހާ “މީލް ޕެކޭޖް” ވަނީ ހަދިޔާކޮށްފަ އެވެ

ދިރާގުގެ އިތުރުން މާލޭ އެއިރޭޓަޑް ވޯޓާ ކޮމްޕެނީ އަދި މަންޓާ އެއާއަކީ ވެސް މި ޕްރޮގްރާމުގެ ބައިވެރިންނެވެ.

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ސަރުކާތުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރިއަށްގެންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް ދިރާގުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.