އޭދަފުށީގައި ކެފޭ/ރެސްޓޯރަންޓްތައް އާއްމުކޮށް ހުޅުވަން ހުއްދަ ދީފި

އޭދަފުށީގައި ހިންގާ ހޮޓާ، ކެފޭ/ރެސްޓޯރަންޓްތައް މިއަދުން ފެށިގެން އާއްމުކޮށް ހުޅުވާލުމުގެ ހުއްދަ ދީފި އެވެ.  

ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފައިވާތީ، މިރަށުގެ ހޮޓާ ރެސްޓޯރަންޓް ތައް ބަންދުކޮށް (ހަމައެކަނި ޑެލިވަރީ ކުރެވޭގޮތަށް) މިދިޔަ މާޗު 20 ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ކޮންމެ ދުވަހެއްގެ އިރު އޮއްސި 7:00 ން ދަންވަރު 12:00 އަށް އެތަންތަން ހުޅުވުމުގެ ހުއްދަދީފަ އެވެ.

އޭދަފުށީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް ރޯގާއާ ގުޅިގެން ކެއިން ބުއިމުގެ ޚިދުމަތް ދޭތަންތަނުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައުމަށް އޭދަފުށީ ޓާސްކްފޯސް ކޮމިޓީން ނިންމާފައިވާތީ މިއަދުން ފެށިގެން ހޮޓާ/ ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން އާއްމުކޮށް ޚިދުމަތް ދޭ ގަޑިތަކުގައި ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އަދި މި ގޮތަށް ޚިދުމަތް ދޭއިރު އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި ޚިދުމަތް ފޯރުކޮށްދިނުމަށް އުޅޭ މުވައްޒަފުން އަންގި އާއި މާސްކް ބޭނުން ކުރެއްވުމަށް ރަށު ކައުންސިލުން އިލްތިމާސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.